ދުނިޔެ

މެލޭޝިއާގައި އަސްކަރީ ދެ ހެލިކޮޕްޓަރު ޖެހި 10 މަރު

މެލޭޝިއާގައި އަސްކަރީ ފަރިތަކުތުންތަކެއްގައި އުޅުނު ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 10 މީހަކު މަރުވެއްޖެ އެވެ.

ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ދެ ހެލިކޮޕްޓަރުގައި ތިބި ފަޅުވެރިންގެ ތެރެއިން އެކަކުވެސް ސަލާމަތެއް ނުވެ އެވެ.

މި އެކްސިޑެންޓް ހިނގި މަންޒަރު ބަޔަކު ވަނީ ވަރަށް ސާފުކޮށް ރެކޯޑްކޮށްފަ އެވެ.

މަންޒަރުތައް ޔޫޓިއުބުންނާއި ހަބަރު ވެބްސައިޓްތަކުން ފެންނަން ހުރިއިރު -- ދެ ހެލިކޮޕްޓަރު ޖެހުމާއެކު ބައިތައް ބުރައިގެން ދާތަން ވަރަށް ފާޅުކޮށް ފެނެ އެވެ.

މެލޭޝިއާގެ އަސްކަރިއްޔާ ބުނާ ގޮތުން މަރުވި މީހުންގެ ހަށިތައް މިހާރު ވަނީ އަސްކަރީ ހޮސްޕިޓަލަކަށް ގެންގޮސްފަ އެވެ. އެ ތަނުގައި ކާކުކަން ދެނެގަތުމަށްފަހު ހަށިތަކާ މެދު ވަކި ގޮތެއް ނިންމަން ވަނީ ކަނޑައަޅާފަ އެވެ.

އެއްގޮތަކީ އަސްކަރީ ޝަރަފުގައި ވަޅުލުމެވެ. އަނެއް ގޮތަކީ އާއިލާތަކާ ހަވާލުކުރުން ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އާއިލާތަކުން ދައުލަތުގެ ރޭވުންތަކަށް ރުހިއްޖެނަމަ ހުރިހާ ކަމެއް ސަރުކާރުން ކޮށްދިނުމަށްވެސް ވަނީ ހަމަޖައްސާފަ އެވެ.

އަސްކަރީ ފަރިތަކުތުންތަކުގައި ވައިގެ ތެރޭގައި އެކްސިޑެންޓް ހިނގުމަކީ ވަރަށް އާދައިގެ ކަމެކެވެ. އިންސާނުންނަށް ބޮޑެތި ގެއްލުންތައް ނުލިބުނު ނަމަވެސް އަސްކަރީ އާލާތްތަކަށާއި އުޅަނދުތަކަށް ބޮޑެތި ގެއްލުންތައް -- މިފަދަ ފަރިތަކުތުންތަކުގައި ލިބެ އެވެ.

ޒަމާނީ އަސްކަރީ އުޅަނދުތައް ބައްޓަންކުރުމުގައި އިންސާނުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވެވެން ހުރެ އެވެ. މި ގޮތުން ވައިކުޑައިގެ އެހީގައި ޖާނު ސަލާމަތްކުރުން ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށްފަ އެވެ.

އަސްކަރީ ގޮތުން ކުރިއަރާފައި ތިބި ގައުމުތަކުން ފައިޓަރު ޖެޓުތައް ބޭނުންކޮށްގެން ކުރާ ފަރިތަކުރުންތަކުގައި، ދެ ފައިޓަރު ޖެޓު ޖެހޭ ފަހަރުވެސް އާދެ އެވެ.

ދެކުނު ކޮރެއާ އަކީ މިފަދަ އެކްސިޑެންޓްތައް ތަންކޮޅެއް ގިނައިން ހިނގާ ގައުމެއް ގޮތުގައި އޮންނަނީ ފާހަގަކުރެވިފަ އެވެ.

މެލޭޝިއާގެ ހައުސިންގް އެންޑް ލޯކަލް ގަވާންމެޓް މިނިސްޓްރީން ބުނާ ގޮތުން މިފަދަ ހާލަތްތައް މަދުކުރުމަށް އަސްކަރިއްޔާއާ ގުޅިގެން ދެމެހެއްޓެނިވި ނިންމުންތައް ނިންމާނެ އެވެ. އަދި އަސްކަރީ އުޅަނދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރާނެ އެވެ.