ދުނިޔެ

ބްރެޒިލަށް މަތިންދާބޯޓެއް ވެއްޓި ދަތުރުކުރިން އެންމެން މަރުވެއްޖެ

ބްރެޒިލަށް ވެއްޓުނު މަތިންދާބޯޓު ވެއްޓެންދާ މަންޒަރު -- މި މަންޒަރުތައް ވަރަށް ސާފުކޮށް ވަނީ ރެކޯޑްކޮށްފައި
0%
0%
0%

ބްރެޒިލްގެ ސިޓީއެއް ކަމަށްވާ ސާއޮޕާލޯއަށް މަތިންދާބޯޓެއް ވެއްޓި ދަރުކުރި 62 މީހުން މަރުވެއްޖެ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

މިއީ ކޮމާޝަލް މަތިންދާބޯޓެކެވެ. ދަތުރުކުރީ 58 ދަތުރުވެރިން ގޮވައިގެންނެވެ. އޭގައި ހަތަރު ފަޅުވެރިންވެސް ތިއްބެވެ. އޭގެ އިތުރު އެހެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް އިދާރާތަކުން ބުންޏެވެ.

މި މަތިންދާބޯޓު ދަތުރުކުރީ ބްރެޒިލްގެ ކަސްކަވެލްއިން ޑޮމެސްޓިކް ބޭނުމެއްގައި ވަރުޔޫސް އަށެވެ. މިއީ ސާއޮޕާލޯގެ ދެ ފަރާތުގައި އޮންނަ ބައިބޯ ދެ އަވަށެވެ.

ބޯޓު ވެއްޓުނު ސަބަބެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ. އެކަމަކު ފްލައިޓް ރާޑަރުން ދައްކާ ގޮތުން މިނެއްޓެއް ހާއިރު ތެރޭގައި މި ބޯޓު ވަރަށް ބާރަށް ތިރިއަށް ވެއްޓިފައިވާކަން އެނގެ އެެ.

މި ހާދިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ޓީމުތައް ތައްޔާރީ ހާލަތަށް ގެނެވުނެވެ. އަދި ހޮސްޕިޓަލުތައް ވެސް ތައްޔާރުކުރެވުނެވެ.

ބްރެޒިލްގެ ރައީސް ލުއިސް އިނާޝިއޯ ލޫލާ ޑާ ސިލްވާ ވަނީ މި ހާދިސާ ހިނގާދިޔަ ގޮތް ބަލައި ފިޔަވަޅުތައް ހަރުދަނާކުރުމަށް އިދާރާތަކަށް އަންގަވާފަ އެވެ. އަދި ހިތާމާގައި ބައިވެރިވެ ވަޑައިގެން ސުކޫތެއް ވެސް ގެނައުމަށް ގޮވާލައްވާފަ އެވެ.

މަރުވި މީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ލޫލާ ވަނީ އެދިވަޑައިގެންފަ އެވެ. އަދި ބަދަލު ދިނުމަށް ވަނީ ގޮވާލައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345