ޗައިނާގައި މަޝްހޫރު އަދި އާންމުން ގިނަ އަދަދަކަށް އެއްވެ ބާޒާރުކޮށް އުޅޭ ލިގުއާން މާރުކޭޓެއްގައި އަލިފާން ރޯވުމުގެ ސަބަބުން އަށް މީހަކު މަރުވެއްޖެ އެވެ. މި ހާދިސާގައި އިތުރު 15 މީހަކު ފިހިފައިވާ ކަމަށް ދައުލަތުގެ ނޫސްތަކުން ބުނެ އެވެ.
ޒިންހުއާ ނޫސް އެޖެންސީ ބުނާ ގޮތުން އަލިފާން ކޮންޓްރޯލްކުރުމަށް ދެގަޑިއެއްހާއިރު ހޭދަވި އެވެ. އަލިފާނުގެ ސަބަބުން ފިހުނު މީހުންނަށް މާބޮޑުވަރުތަކެއް ނުވި ނަމަވެސް، ހޮސްޕިޓަލުގައި ވަރުވާދެމުންދާ ކަމަށް ވެސް ޒިންހުއާ ނޫސް އެޖެންސީން ބުންޏެވެ.
އަލިފާން ރޯވާން މެދުވެރިވި ސަބަބު ހޯދުމަށްޓަކައި އިދާރާތަކުން އަވަސް ތަހުގީގެއް ފަށާފައިވާ ކަމަށް އިދާރާ ތަކުން ބުންޏެވެ.
ލިގުއާން މާކެޓު މަޝްހޫރުވެފައި ވަނީ އަގުތައް މެދުމިނެއްގައި ދެމެހެއްޓުން ވިޔަފާރިވެރިންނަށް ޝަރުތުކޮށްފައި އޮންނާތީ އެވެ. މިއީ ސުޕަމާކެޓްތަކުން ލިބެން ހުން ބައެއް ސާމާނު އެއަށް ވުރެ ބޮޑުތަން ހެޔޮކޮށް ގަންނަން ލިބޭ މާކެޓެއް ކަމަށް ޚަބަރުތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ބާވަތުގެ މާރުކޭޓުތަކުގައި އަލިފާން ރޯވާން މެދުވެރިވާ އާންމު ސަބަބަކީ، އަވަސް ކާނާ ތައްޔާރުކުރާ ފުޑްކޯޓުތަކުގައި ބޭނުންކުރާ ގޭސްފުޅި ގޮވުމެވެ. ބައެއް ފަހަރު ބޯޓުދެލި ބޭނުންކުރުމަކީ ވެސް އަލިވާނުގެ ހާދިސާތައް މެދުވެރިވާ ސަބަކަށް ވެއެވެ.
ލިގުއާން މާރުކޭޓަކީ ސިނގިރޭޓް ބޯ މީހުން ވެސް ހަރަކާތްތެރިވާ ތަނަކާށް ވާތީ މީހަކު އެއްލައިލާ ސިނގިރޭޓް ބުރިއަކުން ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.