ޗައިނާގެ އަވަށެއްގެ ބޭސްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ނުވަ މީހުން މަރުވެފައިވާ ކަމަށް ޝިންހުއާ ނޫސް އެޖޭންސީން ބުނެފި އެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުން ބޭސްމަންޓްގައި އަލިފާން ރޯވާން މެދުވެރިވީ ކޮން ސަބަބަކާ ހެދިކަން އަދި ދެނެގަނެވިފައެއް ނުވެ އެވެ. އެއީ ކާރޫބާރު ބޮޑު މާކެޓް ސަރަހައްދެއް ކަމަށް ވެސް ވިދާޅުވެ އެވެ.
މި ހާދިސާގައި މަރުވި މީހުން ތެރޭގައި އަލިފާން ނިންވަން މަސައްކަތްކުރި މީހަކު ހިމެނޭ ކަމަށް ޝިންހުއާ ނޫން އެޖޭންސީން ބުނެ އެވެ. އޭގެ އިތުރުން އަލިފާނުން ސަލާމަތްވާ މީހުން ތެޅިގަތުމާ ގުޅިގެން ގައިގެ ތަންތަން މަށައިގެން ދިއުމުގެ ސަބަބުން ފަރުވާދޭން ޖެނެވެ.
ޕާކިސްތާންް ކަރާޗީގެ ބިމުއަޑީގައި، މިދާކަށް ދުވަހު ގޭހުގައި ރޯވުމުގެ ސަބަބުން ވެސް ވަރަށް ބޮޑު ގޮވުމެއް ގޮވައި 16 މީހުން ވަނީ މަރުވެފަ އެވެ. މި ހާދިސާ ހިނގަން މެދުވެރި އަސްލު ސަބަބު ކަށަވަރުވެފައި ނެތް ނަމަވެސް އޮފިޝަލުން އެއިރު ވިދާޅުވީ ހާދިސާ ހިނގީ ނަޖިސްވަޅުތަކުގައި އުފެދުނު ގޭހުގައި ރޯވުމުން ކަމަށެވެ.
އާބާދީ ބޮޑު ގައުމުތަކުގައި ކާރުބާރޫ ބޮޑު ބާޒާރުތަކުގައި ނުރައްކާތެރި ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. އަނެއްކޮޅުން އެސަރަހައްދު ތަކުގައި ހިންގާ ހޮޓާ ކެފޭތަކުން އުކާލާ ތަކެތި ކުނިވުމުގެ ސަބަބުން ވެސް އާބާދިތަކަށް ނުކުޅަދާނަ ދަތިތައް އުފުލަން ޖެހެ އެވެ