ދުނިޔެ

ޕާކިސްތާންގައި ބޮޑު ގޮވުމެއް، މަރުވި ތިން މީހުންގެ ތެރޭގައި ޗައިނާގެ ދެ މީހަކު

ޕާކިސްތާންގެ ކަރާޗީގައި ކާރޫބާރޫ ބޮޑު ސަރަހަދެއްގައި އެއްޗެއް ގޮއްވާލައި ތިން މީހަކު މަރާލާއިފ އެވެ. މަރުވި ތިން މީހުންގެ ތެރޭގައި ޗައިނާގެ ދެމީހަކު ހިމެނޭ ކަމަށް ކަރާޗީ ފުލުހުން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ހަމަލާދިނީ ކަރާޗީގެ އެއާޕޯޓަކާ މާ ދުރު ނޫން ހިސާބެއްގައި --ދަތުރުކޮށްފައި ދިޔަ ޗައިނާގެ އޮފިޝަލުންތަކަކަށް އަމާޒުކޮށްފަ އެވެ. މި މީހުންނަކީ ޕާކިސްތާނަށް މިއަދު އެތެރެވި ބައެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

މިއީ ޗައިނާ މީހުން ޕާކިސްތާންގައި ގިނަވަމުން އަންނާތީ ބަދަލުހިފުމަށް -- ޖާނުންފިދާވެގެން ދިން ހަމަލާ އެކެވެ. މި ހަމަލާގައި އިތުރު 17 މީހަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ސިއްހީ އޮފިޝަލުން ވިދާޅުވި އެވެ.

ޗައިނާ މީހުންނަށް ޕާކިސްތާންގައި ނިކަމެތިކޮށް ހިތާ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ. ފުލުހުން ބުނާ ގޮތުން މިފަދަ އަމަލުތައް ކުރާ މީހުންނަށް ގާނޫން ތަންދޭ އެންމެ ބޮޑު އަދަބެއް ދިނުމަށް ހުށަހަޅާނެ އެވެ.

ކަރާޗީގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައި މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެ އެވެ. އަދި މި ކަަހަލަ ޓެރަރިސްޓް ހަމަލާތަކާ ދެކޮޅަށް މަސައްކަތްކުރާނެ ކަމަށް ބުނެފައިވެ އެވެ.

މި ހަމަލާ ދިނުމުގައި ޖާނު ގޮެއްވާލި މީހާގެ އިތުރުން އެއްވެސް މީހެއްގެ ފަރާތުން ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން ބުންޏެވެ. މިއީ ޓެރަރިސްޓް ނެޓްވޯކަކާ ގުޅުން އޮތް ހަމަލާއެއް ކަމަށް ބުނެ ނިންމާލަން އަދި އަވަސް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު މި ހަމަލާ ކުށްވެރިކުރައްވައި، ދައުލަތުގެ ހިމާޔަތުގައި ގައުމުގައި ދިރިއުޅޭ އަދި، އަރާ ފައިބާ މެހެމާނުންނަށްނަށް ގަދަރުކުޑަށް ހިތައި ޖާނަށް ގެއްލުންދޭ މީހުންނަށް ހަރުކަށި ފިޔަވަޅުއަޅުއްވާެ ކަމަށް ވިދާޅުވި އެވެ.

އިމިގްރޭޝަނާއި ކަސްޓަމްސްއިން ފާސްވެގެން ގައުމަށް އަރާ ތިބި މެހެމާނުންނަށް ހަމަލާދޭ މީހުންނަށް ވަރަށް ބޮޑު އަދަބު ކަނޑައަޅުއްވާނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ސަރުކާރުން މި ހަމަލާ ގުޅުވަނީ ބޮލޮޗިސްތާންގައި ވަކިވެ ގައުމަށް މަސައްކަތްކުރާ ބޮލޮޗިސްތާން ލިބަރޭޝަން އާމީއާ އެެވެ. މިއީ ޕާކިސްތާންގައި އެއްވެސް ހައިސިއްޔަތެއް އޮތް ޖަމާއަތެއް ނޫނެވެ.

ޕާކިސްތާންގައި ހަރަކާތްތެރިވުން މި މީހުންގެ މައްޗަށް އޮންނަނީ މަނާކޮށްަފަ އެވެ. އަދި އެއީ ޓެރަރިސްޓު ޖަމާއަތެއް ގޮތުގައި އޮންނަނީ ގިންތިކޮށްފަ އެވެ.