ޔުމްނާ މައުމޫން

މައުމޫންގެ ހާލުކޮޅު ރަނގަޅު: ޔުމްނާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ރޯގާގެ އާލާސްކަންފުޅެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އައިޖީއެމްއެޗްގައި މިއަދު ވަނީ އެޑްމިޓް ކޮށްފަ އެވެ.

މައުމޫންގެ ސިޔާސީ މަސައްކަތްޕުޅުގައި އެމަނިކުފާނާއި އެންމެ އަރިހުގައި ހުންނެވި ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ މައުމޫންގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. ހޮސްޕިޓަލުގައި އެޑްމިޓްކުރީ ރޯގާ ދިިގުލާތީ ޓެސްޓުތައް ހަދައިި ފަރުވާ ހޯއްދެވުމަށް ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.

"ރައީސް މައުމޫން ގެ ހާލުކޮޅު އިރާދަކުރެއްވިިިއްޔާ ރަނގަޅު. ހޮސްޕިޓަލުގައި އެޑްމިޓްކުރީ ރޯގާ ދިިގުލާތީ ޓެސްޓުތައް ހަދައިި ފަރުވާ ދިނުމަށް. ހުރިހާ ބޭފުޅުންގެ ހެޔޮ ދުއާއަށް ޝުކުރު ދަންނަވަން." ޔުމްނާ ވިދާޅުވި އެވެ.

ރޯގާގެ އާލާސްކަންފުޅެއްގައި ރައީސް މައުމޫން އުޅުއްވާތާ ހަފުތާއެއްވަނީ ވެފައެވެ. ރައީސް މައުމޫންނަށް 82 އަހަރު ފުރިފައިވަނީ އިއްޔެ އެވެ.