ޔުމްނާ މައުމޫން

ޔުމްނާގެ ތާއީދު ރައީސް ސޯލިހަށް

އޮލިމްޕަސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ޔުމްނާ މައުމޫން --
0%
0%
0%

އަންނަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރުމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ނިންމަވައިފި އެވެ.

ރައީސް ސޯލިހަށް ތާއިދުކުރައްވަން ނިންމެވިކަން ހާމަކުރައްވާ ޔުމްނާ ވިދާޅުވީ ރައީސް ދެވަނަ ދައުރަކަށް އިންތިހާބުކުރުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭން މި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތަކާއި މަޝްރޫއުތައް ކުރިޔަށް ގެންދިޔުން މުހިންމު،" ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ އިލްމީ ހުނަރުވެރި ފަންނުވެރި ޒުވާނުން ބިނާ ކުރުމަށާއި ފަންނާނުންނަށް ފުރުސަތުތައް ފަހިކޮށްދީ ފަންނުވެރިންގެ ވިޔަފާރި ފުޅާކޮށް، އުފެއްދުންތެރި އިގުތިސާދެއް ބިނާކުރުމަށް ރައީސް ސޯލިހު ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދުކުރައްވާ ކަމަށެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ މިންތީގެ ހަމަަހަމަކަން ގާއިމު ކުރުމާއި އިސްރަަށްވެހީންނާއި ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ރައްކާތެރިކޮށް ބައިވެރި ކުރުމަށް ރައީސް ސޯލިހު ގެންގުޅުއްވާ ސިޔާސަތުތައް ފާހަގަކޮށްލެވޭ ކަމަށެވެ. މީގެ އިތުރުން ޒުވާނުންނަށް މަތީ ތައުލީމާއި ކުޅިވަރުގެ ދާއިރާއިން ލިބިދޭ ފުރުސަތައް އެކަމަނާ ފާހަގަކުރެއްވި އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރެއްވުމަށް ޔުމްނާ ނިންމަވާފައިވާއިރު މިނިސްޓަރު ޔުމްނާގެ އާއިލީ ބޭފުޅުންގެ ތެރެއިން ފާރިސް މައުމޫން ހުންނެވީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރޭހަށް ނިކުންނަވައިގެންނެވެ.

ގައްސާން މައުމޫން ޕީޕީއެމް-ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވާއިރު ދުންޔާ މައުމޫން މި އިންތިހާބުގައި ތާއިދުކުރައްވަނީ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމަށެވެ.

މި ހަތަރު ބޭފުޅުންގެ ބައްޕަ އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ތާއީދު ކުރައްވަނީ ފާރިސް މައުމޫނަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910