ރިޔާސީ އިންތިހާބު 2023

އެމްޑީޕީންވެސް އެމްއާރްއެމްއާއެކު މަޝްވަރާކޮށްފި

އެމްޑީޕީ އާއި އެމްއާރްއެމްގެ އިސް ބޭފުޅުން. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ދެ ޕާޓީން ވަނީ މަޝްވަރާކޮށްފަ -- ފޮޓޯ: އެމްއާރްއެމް
100%
0%
0%

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތްކުރުމަށް އެމްޑީޕީން މޯލްޑިވްސް ރިފޯމް މޫވްމަންޓް -- އެމްއާރްއެމްއާއެކު ރޭ މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތަކާ ގުޅޭ ގޮތުން އެމްއާރްއެމްގެ ރައީސް އަދި ނިމިިދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން ވިދާޅުވީ ނެޝަނަލް ސެކިއުރިޓީ އާއި އިގުތިސާދާއި އިޖުތިމާއީ އަދި ސިޔާސީ އިސްލާހުތައް ގެނައުމަށް ގެންގުޅުއްވާ ސިޔާސަތުތައް އެމްޑީޕީއާ ހިއްސާކޮށްފައިވާ ކަމަށެވެ.

ފާރިސް ވިދާޅުވި ގޮތުގައި އެ ސިޔާސަތުތަކަކީ ޑިމޮކްރަސީ ހަރުދަނާކޮށް އަދުލު އިންސާފު ގާއިމުކުރުމަށް މުހިންމު ސިޔާސަތުތަކެކެވެ.

މި މަޝްވަރާތައް ބާއްވާފައިވާއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ޕީޕީއެމް-ޕީއެންސީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންވެސް ވަނީ އެމްއާރްއެމްއާއެކު މަޝްވަރާކޮށްފަ އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ނިންމަވާ ގޮތެއް ހާމަކުރައްވާނެ ކަމަށް ފާރިސް ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގައި ފާރިސް އަށް ލިބިވަޑައިގަތީ 2،979 ވޯޓު -- 1.35 ޕަސަންޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް މަޝްވަރާތައް މިހާރު ދަނީ ކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910