ހަބަރު

އިންކަމް ޓެކްސް ނަގަން ފަށައިފި

Jan 1, 2020
5

އާ އަހަރާއެކު މިއަދުން ފެށިގެން އިންކަމް ޓެކްސް ނަގަން ފަށާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރުގެ ތެރޭގައި ފާސް ކުރި އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލު ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ފާސް ކުރެއްވީ މި މަހު 17 ވަނަ ދުވަހުގަ އެވެ. މިއަދުން ފެށިގެން އިންކަމް ޓެކްސް ނަގަން ފަށާއިރު، ރޭ ވަނީ އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދު ގެޒެޓުކޮށްފަ އެވެ.

އިންކަމް ޓެކްސްގެ އެ ގާނޫނުގައިވާ ގޮތުން އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީ އަކުން އެ ޓެކްސް ނަގާނެ އެވެ. އެގޮތުން މަހަކު 60،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުން އެ އަދަދުގެ 5.5 ޕަސެންޓް ފައިސާ ދައުލަަތައް ދައްކަން ޖެހެ އެވެ. އަދި 100،000 ރުފިޔާއާއި 150،000 ރުފިޔާއާ މެދުގެ އާމްދަނީން އަށް ޕަސެންޓް ނަގާނެ އެވެ.

ކުންފުނިތަކުގެ ޑިވިޑެންޑުން އިންކަމް ޓެކްސް ނުނަގަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެހެން ނަމަވެސް އެއީ އެކި ފަރާތްތަކަށް މިލިއަނުން ފައިސާ ލިބޭ ކަމެކެވެ.

މި ޓެކްސްއަކީ މި އަހަރު ދައުލަތައް އާމްދަނީ އިތުރު ކުރުމަށް ނަގަން ހިމެނި ޓެކްސް އެކެވެ. ބަޖެޓު އެކުލަވައިލި ދުވަސްވަރު ލަފާކޮށްފައި ވަނީ އެ ޓެކްސް ނަގައިގެން ދައުލަތައް މި އަހަރު 680 މިލިއަން ރުފިޔާ ލިބޭނެ އެވެ.