މިއަހަރުގެ ތެރޭގައި 30 އިންޖީނުގެއެއްގެ މަސައްކަތް ނިމި، އެ އިންޖީނުގެތަކުން ކަރަންޓް ދޭން ފެށޭނެ ކަމަށް ފެނަކައިން ބުނެފި އެވެ.
އެ ކުންފުނިން މިއަދު ބުނީ ރަށްރަށުގެ އިންޖީނުގެތައް މީހުން އުޅޭ ސަރަހައްދުތަކުން އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަޝްރޫއުތަކުގެ ދަށުން 2019 ވަނަ އަހަރުގެ ތެރޭގައި އައު އިމާރާތްތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން 27 ރަށެއްގައި އެ މަސައްކަތް ފެށި، 2020 ފެށުނުއިރު ބައެއް ރަށްރަށުގެ އިންޖީނުގޭގެ ގިނަ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން ގއ.ވިލިނގިލި، ރ.ރަސްމާދޫ އަދި ހއ.އުތީމުގެ އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލުކުުރުމުގެ އިތުރުން، އައްޑޫ އަތޮޅުގައި ސެންޓްރަލް ޕަވާ ޕްލާންޓެއް ގާއިމްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުބް މި މަޝްރޫއުތަކުގެ އެއްބަސްވުންތައް ގާއިމުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
2020 ގައި އިންޖީނުގެތައް ނިމި، ހިދުމަތްދޭން ފެށޭނެ ރަށްރަށް
- ހއ. ތަކަންދޫ: 99 ޕަސެންޓް މަސައްކަތް ނިމިފައި
- ށ. ޅައިމަގު: 99 ޕަސެންޓް މަސައްކަތް ނިމިފައި
- ނ. މަގޫދޫ: 40 ޕަސެންޓް މަސައްކަތް ނިމިފައި
- ނ. ހެނބަދޫ: 40 ޕަސެންޓް މަސައްކަތް ނިމިފައި
- ނ. މާޅެންދޫ: 82 ޕަސެންޓް މަސައްކަތް ނިމިފައި
- ބ. ދޮންފަނު: 85 ޕަސެންޓް މަސައްކަތް ނިމިފައި
- ބ. ހިތާދޫ: 43 ޕަސެންޓް މަސައްކަތް ނިމިފައި
- ފ. ބިލެއްދޫ: 50 ޕަސެންޓް މަސައްކަތް ނިމިފައި
- ތ. އޮމަދޫ: 99 ޕަސެންޓް މަސައްކަތް ނިމިފައި
- ލ. މާމެންދޫ: 33 ޕަސެންޓް މަސައްކަތް ނިމިފައި
- ގދ. ނަޑެއްލާ
- ރ. ފައިނު: 50 ޕަސެންޓް މަސައްކަތް ނިމިފައި
- މ. ވޭވަށް: 43 ޕަސެންޓް މަސައްކަތް ނިމިފައި
- ށ. ނަރުދޫ: 35 ޕަސެންޓް މަސައްކަތް ނިމިފައި
- ބ. ފުޅަދޫ: 17 ޕަސެންޓް މަސައްކަތް ނިމިފައި
- މ. ނާލައިފުށި: 40 ޕަސެންޓް މަސައްކަތް ނިމިފައި
- ދ. ހުޅުދެލި: 25 ޕަސެންޓް މަސައްކަތް ނިމިފައި
- ގއ. ނިލަންދޫ: 15 ޕަސެންޓް މަސައްކަތް ނިމިފައި
- ގއ. މާމެންދޫ: 55 ޕަސެންޓް މަސައްކަތް ނިމިފައި
- ގދ. ތިނަދޫ
- ފ. ފީއަލި: 11 ޕަސެންޓް މަސައްކަތް ނިމިފައި
- ހއ. އުލިގަމު: 10 ޕަސެންޓް މަސައްކަތް ނިމިފައި
- ހދ. ފިނޭ: 12 ޕަސެންޓް މަސައްކަތް ނިމިފައި
- ށ. ފޯކައިދޫ
- ނ. މިލަދޫ
- ށ. ބިލެއްފަހި
- ނ. ކެނދިކުޅުދޫ
ފެނަކައިން ބުނީ އެކުންފުނިން އަލަށް އިމާރާތްކުރާ އިންޖީނުގެ ތަކަކީ ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތާއި، ފިއުލް ސްޓޯރެޖް ނެޓްވޯކް އަޕްގްރޭޑް ކުރެވިގެން ހުޅުވިގެންދާނެ އިންޖީނުގެތަކެއް ކަމަށެވެ. އަދި މޯލްޑިވްސް އެނާޖީ އޮތޯރިޓީ ގެ ގަވާއިދުތަކާ އެއްގޮތްވަގޮތުގެ މަތިން 70 ޑެސިބެލް އަށްވުރެ މަތިނުވާނެހެން، ސައުންޑް އެޓެނުއޭޓާ ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެ ކަމަށެވެ.
މީގެ އިތުުރުން ޗިމްނީގެ އެހީގައި އިންޖީނުގެއިން އަރާ ދުމުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަވެގެންދާނެ ވެސް ވަނީ ބުނެފައެވެ.