ހަބަރު

ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ޖަޕާނުން 1.3 މިލިއަން ހަދިޔާ ކޮށްފި

ކ. ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މައުރަޒަށް ޖަޕާނު ސަރުކާރުގެ ފަރާރުން 1.3 މިލިއަން ރުފިޔާ ހަދިޔާ ކޮށްފި އެވެ.

ކ. ގުރައިދޫގައި ހުންނަ ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޖަޕާނު ސަރުކާރުގެ ފަރާތުން 1.3 މިލިއަން ރުފިޔާ ހަދިޔާ ކުރީ އިއްޔެ ގުރައިދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެހީ ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ މިސް ކެއިކޯ ޔަނާއި އެވެ. ޖެންޑާ މިނިސްޓްރީގެ ފަރާތުން އެެހީއާ ހަވާލުވެވަޑައިގެންނެވީ އެ މަރުކަޒުގެ ޗީފް އެގްޒެކެޓިވް އޮފިސާ އިމްރާން އިބްރާހީމް އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މަރުކަޒުގައި މިހާރު ހުރި ކްލިނިކް އިތުރަށް މަރާމާތުކޮށް ޖާގައިގެ ތަނަވަސްކަން އިތުރުކުރުމަށާއި، އެމަޖަންސީ ހާލަތް ތަކުގައި މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް އަވަސް ފަރުވާދެވޭނެ އިންތިޒާމު ގާއިމުކުރުމަށެވެ. އަދި މި ކަމުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށް ވެސް ބުންޏެވެ.

މި މަރުކަޒުގައި މިހާރު ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ 200 މީހުން ދިރިއުޅެމުންދެ އެވެ.