މިއުވާން މުހައްމަދު

ގުރައިދޫ މަރުކަޒުގެ ރިޕޯޓަކީ ކުރީގެ ރިޕޯޓެއް: މިއުވާން

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވާހަކަ ދައްކަވަނީ. ގުރައިދޫ މަރުކަޒުގެ ރިޕޯޓަކީ ކުރީގެ ރިޕޯޓެއް ކަމަށް ވިދާޅުވި -- ފޮޓޯ: އަވަސް
0%
0%
100%

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މައްސަލަތަކެއް ފާހަގަކޮށްފައިވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް [އެޗްއާރްސީއެމް]ގެ ރިޕޯޓަކީ ކުރީގެ ރިޕޯޓެއް ކަމަށާއި މިހާރު ހާލަތު ބަދަލުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ތަރުޖަމާނު މިއުވާން ވިދާޅުވީ އެޗްއާރުސީއެމްގެ ރިޕޯޓަކީ މިއަހަރުގެ މާޗް މަހު އެ ކޮމިޝަނުން ކ. ގުރައިދޫ މަރުކަޒަށް ޒިޔާރަތްކޮށް އޭރުގެ ހާލަތު ބަޔާންކޮށްފައިވާ ރިޕޯޓެއް ކަމަށާއި ރިޕޯޓު ނެރުނީ ޖުލައި 26 ވަނަ ދުވަހު ކަމަށެވެ.

ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ޖެންޑާ މިނިސްޓްރީން މިހާރު އަޅާފައިވާކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ މީހުން ތަމްރީން ކުރުމާއި ތަނުގެ ތަރައްގީއަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ގެނެސްފައިވާ ކަމަށެވެ.

ގުރައިދޫ މަރުކަޒުގެ އެއް އިމާރާތް ފިޔަވައި އެހެން ހުރިހާ އިމާރާތެއްގެ މަރާމާތުގެ މަސައްކަތް ނިމިފައިވާ ކަމަށް ޖެންޑާ މިނިސްޓަރު މިއަދު މައުލޫމާތު ދެއްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"މަރުކަޒުގައި މީހުންނަށް އެހީތެރިވުމަށް އުޅޭ މީހުންނަކީ ތަމްރީން ލިބިފައިވާ މީހުންނަށް ހެދުމަށް ޕްރޮގްރާމްތައް ހިންގަމުންވެސް އެބަދޭ،" މިއުވާން ވިދާޅުވި އެވެ.

އެޗްއާރްސީއެމްގެ ރިޕޯޓަކީ މިއަހަރުގެ މާޗް ހަވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހަށް ގުރައިދޫގައި ހުންނަ މަރުކަޒަށް އެޗްއާރްސީއެމްގެ މެންބަރަކާއި ކޮމިޝަންގެ ހަތަރު މުވައްޒަފުން ޒިޔާރަތްކޮށް އޭރު ފާހަގަކުރެވުނު ކަންކަން ހިމަނައި ތައްޔާރުކުރި ރިޕޯޓެކެވެ.

މަރުކަޒުގެ ބަލި މީހުންނަށް ބައެއް މުވައްޒަފުންގެ ފަރާތުން އަނިޔާވެރި ގޮތަށް އަމަލުތައް ބަހައްޓާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާ ދޭތެރޭގައި ބައެއް ކެއާވޯކަރުން ލާއިންސާނީ އިހާނެތި އަމަލު ހިންގާކަމާއި އެ ގޮތުން ބަލި މީހުންނާ ދިމާލަށް ބޭއަދަބީ ހަޑިހުތުރު ބަހުން މުއާމަލާތު ކުރާ ކަމަށް ހިމަނާފައިވެ އެވެ. އަދި ބަލި މީހުންނާ ދޭތެރޭގައި އަނިޔާވެރި ގޮތަށް އަމަލުތައް ބަހައްޓާކަމަށް މަރުކަޒުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުންނާއި މަރުކަޒުން ބަލަހައްޓަމުންދާ އުމުރުން ދުވަސްވީ މީހުން މައުލޫމާތު ދީފައިވާ ކަމަށްވެސް ރިޕޯޓްގައިވެ އެވެ.

ގިނަ ވޯޑުތަކުގެ ފާހާނާތައް ހަލާކުވެފައިވާއިރު ފާހާނާގެ ތަށިމުށިތައް ނެއްޓި ބައެއް ފާހާނާގެ ދޮރުތައް އޭރު ހަލާކުވެފައިވާ ކަމަށާއި ބަލިމީހުން ބޭނުންކުރާ އެނދުގައި ތަތްމަކުނު އަޅާފައިވާ ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

މަރުކަޒަކީ 150 މީހުންގެ ޖާގައިގެ މަރުކަޒެއް ނަމަވެސް އެޗްއާރްސީއެމުން ޒިޔާރަތްކުރިއިރު މަރުކަޒުގައި 194 މީހުން ގެންގުޅޭ ކަމަށާއި މީގެތެރެއިން 158 މީހުންނަކީ ނަފުސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުން ކަމަށްވެސް އެޗްއާރުސީއެމްގެ ރިޕޯޓްގައި ބުނެފައިވެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޅޮލް

މަށެނޫން ..:. ، ޔާމިން. ލޮލް

އެމެރިކާ

އެމްޑީޕީގަ ތިބެނީ ފާޅުގާ ދޮގުހަދާ މީހުން

ސާބަސް

މިދިޔަ ފަސްއަހަރު ތެރޭގެ ރިޕޯޓެއްދެއްދޯ ރަނފަޅަށް ބައްލަވާލައްވަ ބައްލަވާ ހަމަޔަޤީން.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910