ހަބަރު

ކޭޝިއަރު ކަމަށް ބިދޭސީން ގެންނަން ކޯޓާ ދިނުން ހުއްޓާލަންޖެހޭ ގޮތަށް ގަވާއިދު ގެޒެޓްކޮށްފި

Jan 5, 2015
1

ފިހާރަތަކާއި ރެސްޓޯރެންޓްތަކުގެ ކޭޝިއަރުންނަށް މަސައްކަތް ކުރަން ބިދޭސީން ނުތިބެވޭ ގޮތަށް ގަވާއިދަށް ގެނައި އިސްލާހު ގެޒެޓްކޮށްފި އެވެ.

ވަޒީފާ އަދާ ކުރުމަށް ބިދޭސީން ރާއްޖެ ގެނައުމުގެ ގަވާއިދަށް އިސްލާހު ގެޒެޓްކޮށްފައި ވަނީ އިއްޔެ އެވެ. އެ އިސްލާހު ގެނައިީ ބިދޭސީން ގެންނަން ކޯޓާ ނުދޭ މަސައްކަތްތަކުގެ ލިސްޓަށެވެ. އެ ލިސްޓަށް މިހާރު އިތުރުކޮށްފައިވަނީ ފިހާރަތަކާއި ކެންޓީނާއި ރެސްޓޯރެންޓާއި ހޮޓާ އަދި ކެފޭ ފަދަ ކަންތައްތަނުގެ ސޭޓުން ނުވަތަ ކޭޝިއަރުންގެ ގޮތުގައި މަސައްކަތް ކުރަން ބިދޭސީންނަށް ކޯޓަށް ނުދޭ ގޮތަށެވެ.

މީގެ ކުރިން އެ ލިސްޓުގައި އޮންނަނީ ޓެކްސީ ޑްރައިވަރުންނާއި ކުލީ ޕިކަޕް އަދި ލޮރީ ފަދަ ތަކެތީގެ ޑްރައިވަރު ކަމާއި ކަނޑުގައި ދުއްވާ އުޅަނދުތަކުގެ ކެޕްޓަން ކަމާއި އެފަދަ އުޅަނދުތަކުގެ އިންޖިނޭރުކަމުގެ އިތުރުން މަސްވެރިކަން ކުރާ އުޅަނދުތަކުގެ ފަޅުވެރިކަމާއި މަތިންދާބޯޓުގެ ކޯ ޕައިލެޓް ކަމަށެވެ.

އެ އިސްލާހަށް އަމަލުކުރަން ފެށުމާ އެކު ފިހާރަތަކާއި ރެސްޓޯރެންޓް އަދި ހޮޓާ ފަދަ ތަންތަނަށް ކޭޝިއަރުންގެ ގޮތުގައި މަސައްކަތް ކުރަން ބިދޭސީން ގެންނަން ކޯޓާ ދިނުން ހުއްޓާލާނެ އެވެ. އަދި އަންނަ އޭޕްރީލް މަހުން ފެށިގެން އެފަދަ މަސައްކަތް ކުރަން ބިދޭސީން ތިބުން މަނާ ވާނެ އެވެ.