ވިޔަފާރި

ފުރަތަމަ ހަފުތާ: ލިބުނީ 89 މިލިއަން، ހަރަދުކުރީ 219 މިލިއަން!

Jan 15, 2020
1

މި އަހަރުގެ ފުރަތަމަ ހަފުތާގައި ދައުލަތަށް 88 މިލިއަން ރުފިޔާ ލިބުނުއިރު، 219 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ބަޖެޓުން ހަރަދު ކުރަން ފެށި ފުރަތަމަ ހަފުތާގައި ދައުލަތަށް ފުރަތަމަ ހަފުތާގައި 54.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޓެކްސް ނޫން ގޮތް ގޮތުން އާމްދަނީގެ ގޮތުގައި 32.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި އެއްވެސް އަދަދެއް ލިބިފައެއް ނުވެ އެވެ.

މިދިޔަ އަހަރުގެ ބަޖެޓުން ހަރަދު ކުރަން ފެށިތާ، ފުރަތަމަ ހަފުތާގައި ދައުލަތަށް 234.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެ މުއްދަތުގައި ޓެކްސްގެ ގޮތުގައި 153 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތަށް 93 މިލިއަން ރުފިޔާ ލިބުނެވެ. މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ދެ ލައްކަ ރުފިޔާ ލިބިފައިވެ އެވެ.

ފުރަތަމަ ހަފުތާ ހޭދަކުރި މުހިންމު ދާއިރާތައް

  • އާސަންދައިން ހޭދައެއް ނުކުރޭ
  • ސަބްސިޑީ އަށް 70 މިލިއަން ރުފިޔާ
  • ލޯނު ދައްކަން 52 މިލިއަން ރުފިޔާ

މި އަހަރުގެ ބަޖެޓަކީ މިހާތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓެކެވެ. މިދިޔަ އަހަރު 37.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކޮށްފައިވެ އެވެ. އަދި މީގެ ތެރެއިން ހަރަދުވާނެ ކަމަށް ހިމަނާފައިވަނީ 36 ބިލިއަން ރުފިޔާ އެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ބަޖެޓަކީ 30 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު 23.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި 27.5 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.