ވިޔަފާރި

އެންޒީގެ އާ ފިހާރައެއް މާލޭގައި ހުޅުވައިފި

Jan 16, 2020

ތަފާތު އުފެއްދުންތަކާއެކު، އެންސިސް ކުންފުނިން "އެންޒީ" ގެ އާ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

މި ފިހާރަ ބުރުޒު މަގުގައި ރޭ ހުޅުއްވައި ދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމެވެ.

އެންސިސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް (އެންސިސް ވަސީމް) ވިދާޅުވީ އާ ފިހާރަ އިން މަހުގެ ތަފާތު އުފެއްދުންތަކާއި ބޭކަރީ ޕްރޮޑަކްޓްތައް ލިބެން ހުންނާނެ ކަމަށެވެ. އަމާޒަކީ ކަސްޓަމަރުންނަށް ފަސޭހަ އިން އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާ ފިހާރާގައި ލިބެންހުރި ބާވަތްތަކުގެ ތެރޭގައި ދިވެހި ކުކުޅު ބިހާއި ރާއްޖޭގައި ތައްޔާރު ކޮށްފައި ހުންނަ ގިތެޔޮ މިރުހުގެ ސޯސް އަދި ކާށި ތެޔޮ ފަދަ އުފެއްދުންތައް ހިމެނެ އެވެ. އަދި އާދަކޮށް ވިއްކާ މަހުގެ ހުރިހާ ބާވަތްތައް ލިބެން ހުރެ އެވެ.

މި ފިހާރާގައިގެ ހާއްސަ އެއް ބަޔަކީ އެންޒީ ބްރޭންޑުގެ ބޭކަރީ ސާމާނު ވިއްކާ ކޯނާ އެވެ.

އެންސިސް ކުންފުނިން މާލޭ އެފްއޭއެމް ހައުސްގައި ވެސް މަސް ފިހާރައެއް ހިންގަ އެވެ. އަދި އެ ކުންފުނިން ދާދިފަހުން ވަނީ ހުޅުމާލޭގައި ދަޅުމަސް ބަންދުކުރާ ފެކްޓަރީއެއް ވެސް ހުޅުވާފަ އެވެ.