އެންސިސް ފިޝަރީޒް

ހިޔާ ފްލެޓު ނިންމަން އެންސިސް މުވައްޒަފުންނަށް އިންޓްރެސްޓް ނެތް ލޯނު

Sep 8, 2021
4

ހިޔާ ފްލެޓު ލިބުނު އެންސިސް ފިޝަރީޒްގެ މުވައްޒަފުންނަށް އެ ކުންފުނިން އިންޓްރެސްޓް ނުލައި ލޯނު ދޭން ފަށައިފި އެވެ.

އެންސިސް ފިޝަރީޒް ކުންފުނިން ބުނީ އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ހިޔާ ފްލެޓު ލިބުނު މުވައްޒަފުންނަށް އިންޓްރެސްޓް ނެތް ލޯނު ދޫކުރަން ފަށާފައިވާ ކަމަށާ، މިކަން ކުރަމުން ގެންދަނީ މުވައްޒަފުންނަށް ވީހާ ވެސް ލުއި ފަސޭހަ ވާނެ ގޮތެއް ބަލައިގެން ކަމަށެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ތައުފީގު ވިދާޅުވީ އެ ކުންފުންޏަކީ ހަމައެކަނި މުވައްޒަފުންނަށް ރަނގަޅު މަސައްކަތުގެ މާހައުލެއް ދޭން ކުންފުންޏެއް ނޫން ކަމަށާ ކުންފުނީގެ މަގުސަދަކީ މުވައްޒަފުންގެ އާއިލާތައް ވެސް އުފާވެރިކޮށް ބޭތިއްބުން ކަމަށެވެ.

"ހަމައެކަނި ވަޒީފާ ދިނުމެއް ނޫން. މިއަށްވުރެ ފުޅާކޮށް މުވައްޒަފުންނަށް ވެލްފެއާ ދޭން ޖެހޭ. މުވައްޒަފުންގެ އާއިލާތަކުގެ ދިރިއުޅުމުގެ ލަނޑުދަޑިތައް ހާސިލް ކުރަން އެހީތެރިވެދޭން ޖެހޭ. އެންސިސްއަކީ ޒަމާނުއްސުރެ މަސްވެރިންނަށްވެސް މިފަަދަ އެހީދިން ކުންފުންޏެއް،" ވާހިދު ވިދާޅުވި އެވެ.

ހިޔާ ފްލެޓު ލިބުނު މީހުންނަށް ސަރުކާރުން ހަވާލު ކޮށްފައި ވަނީ އެތެރޭގެ ފިނިޝިން ނުނިންމަ އެވެ. މި މަސައްކަތަށް އެކަނި 50،000ރ. އާއި 150،000ރ. އާ ދެމެދުގެ އަދަދެއް ފްލެޓު ލިބުނު މީހުންގެ އަމިއްލަ ޖީބުން ހަރަދު ކުރަން ޖެހެ އެވެ.