އެންސިސް ފިޝަރީޒް

އެންޒީ މަސްދަޅުގެ އާ ވައްތަރުތަކެއް

Apr 25, 2021

އެންސިސް ކުންފުނިން އުފައްދާ މަސްދަޅުގެ އާ ވައްތަރުތަކެއް ތައާރަފު ކޮށްފި އެވެ.

މަހާއި މަހުގެ ބާވަތްތައް އުފައްދާ އެކްސްޕޯޓް ކުރާ އެންސިސް ކުންފުނިން ބުނީ ލޯކަލް ބްރޭންޑް އެންޒީން މަސްދަޅުގެ އާ ވައްތަރުތަކެއް ތައާރަފުކޮށްފައިވާ ކަމަށެވެ.

އެންޒީން ބުނާ ގޮތުގައި މަސްދަޅުގެ އާ ރަހަތަކެއް ތައާރަފު ކޮށްފައި ވަނީ މިހާރު ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު ރަހަތަކަށް ބަލައިގެނެވެ. އަދި އާ ޕްރޮޑްކްޓްތައް ތައްޔާރު ކޮށްފައި ވާނީ ހުރިހާ އުމުރުފުރާއަކަށް ވެސް ކަމުދާ ގޮތަށް ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އަލަށް ހަތަރު ވައްތަރެއްގެ މަސްދަޅެއް އެންޒީން ވަނީ ނެރެފަ އެވެ. އޭގެތެރޭގައި ޓޫނާ އިން ޗިލީ ސޯސް، ޓޫނާ ސްޓީކް އިން ސަންފްލާވާ އޮއިލް، ލައިޓްލީ ސްމޯކްޑް ޓޫނާ އިން ސަންފްލާވާ އޮއިލް އަދި ވެންޓްރެސްކާ (ކަންނެލި ބަނޑައިދޫ) އިން ސަންފްލާވާ އޮއިލް ހިމެނެ އެވެ.

އެންޒީން ބުނީ އާ މަސްދަޅުތަކުގެ އަގުތައް އެންޒީން އާންމުކޮށް ވިއްކާ މަސްދަޅުތަކުގެ އަގާ ތަފާތެއް ނުހުންނާނެ ކަމަށާއި އަގުތައް އުޅޭނީ 12ރ. އާއި 16ރ. އާއި ދެމެދުގެ އަގުތަކުގައި ކަމަށެވެ.

އާ އުފެއްދުންތައް އެންޒީގެ ފިހާރަތަކުން މިހާރު ލިބެން ހުރިއިރު އެންޒީގެ ފިހާރަތަކުގައި މި މަސްދަޅުތަކުގެ ރަހަ ބަލައިލުމުގެ ފުރުސަތު ވެސް ދެއެވެ.