ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަނުގެ ފުރަތަމަ ނަސީބުވެރިން ހޮވައިފި

Apr 13, 2020
އެންޒީގެ ފިހާރައެއް: ވަރަށް ފައްކާ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން ހޮވައިފި-- -- ފޮޓޯ: އެންޒީ
0%
0%
0%

ރޯދަ މަހާ ދިމާކޮށް "އެންޒީ ވަރަށް ފައްކާ" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ ފުރަތަމަ ނަސީބުވެރިން ހޮވައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެންޒީ އިން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ މަހަކު ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ފުރަތަމަ ހޮވޭ ފަރާތަކަށް 10،000 ރުފިޔާ އަދި ދެވަނަ އަށް ހޮވޭ ފަރާތަކަށް 5،000 ރުފިޔާ އަދި ތިން ވަނަ އަށް 1000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެންޒީ އިން ބުނީ ނަސީބުވެރި ތިން ފަރާތް ހޮވާ ފައިސާ ބަލައި އައުމަށް މިހާރު އެ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

އެންޒީގެ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން--

އެންޒީން މަސްދަޅުގެ ލޭބަލްކޮޅު ދަޅުން ނައްޓާ ލުމަށްފަހު ލޭބަލްގެ ފަހަތުގައިވާ ސީރިއަލް ނަމްބަރު "5040 އަށް" މެސެޖް ކޮށްލެއްވުމުން އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އަދި 15 ފެބްރުވަރީ އިން 31 ޖުލައި، މި މުއްދަތުގެ ތެރޭގައި އެސް އެމް އެސް ކުރަށްވާފައިވާ ހުރިހާ ބޭފުޅުންގެ މެދުގައި ގްރޭންޑް ލަކީ ޑްރޯއެއް ނަގާނެ އެވެ.

ގްރޭންޑް ލަކީ ޑްރޯގެ ނަސީބުވެރި ތިން ފަރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި 30،000 ރުފިޔާ ،50،000 ރުފިޔާ 100،000 ރުފިޔާ ލިބިގެން ދާނެ އެވެ.

މި ވަގުތަކީ ވިޔަފާރި ތަކުން އާންމު ފަރުދުންނަށް ވީހާ ވެސް ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭންވީ ވަގުތެއްކަމުން އެންޒީ އިން މަސްދަޅުގެ އަގު މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ވަނީ ވަރަށް ބޮޑަށް ހެޔޮ ކޮށްފަ އެވެ. އަގަށް ބަދަލު ގެނެވިފައިވަނީ ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިތަކާއި ގުޅިގެންއާއި އަދި ކުރި އަށް އޮތް ރޯދަ މަހަށް ކަމަށްވެފައި އެންމެ ގިނަ އިން ގޭގޭގައި ބޭނުންކުރައްވާ އެއް ޕްރޮޑަކްޓްއަކީ މަސްދަޅު ކަމަށްވާތީ ރައްޔިތުންނަށް ވީހާ ވެސް ބޮޑު ލުޔެއް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށް އެންޒީ އިން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345