ޑިމާންޑް ބޮޑުވެ އެންޒީ އިން ގޭގެއަށް މަހުގެ ބާވަތްތަކާއި ދަޅުމަސް ހިލޭ ޑެލިވަރީ ކޮށްދޭން ނިންމައިފި އެވެ.
އެންޒީ އިން ބުނީ މިވަގުތު އެކުންފުނީގެ މަހުގެ ބާވަތްތަކަށާއި ދަޅުމަހުގެ ފްރީ ޑެލިވަރީ ހިދުމަތަށް ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށެވެ. އެހެން ކަމުން އެ ހިދުމަތް މީގެ ފަހުން އެންޒީގެ ހުރިހާ ފިހާރަތަކުން ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ހާސްކަމެއްގައިވާ މި ދުވަސްވަރު، އެންޒީގެ މަހުގެ ހުރިހާ ބާވަތެއްވެސް އެއްވެސް ދަތިކަމަކާއިނުލާ ރީޓެއިލް އަދި ހޯލްސޭލްކޮށް ލިބޭނެ އިންތިޒާމްތަށް ހަމަޖެހިފައިވާ ކަމަށާއި އަލަށްފެށި ފްރީ ޑެލިވަރީގެ ހިދުމަތާއި އެއްކޮށް ދަޅުމަހުގެ އަގުވެސް މިހާރު ހެޔޮކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސަރުކާރު ބަންދުކުރި ނަމަވެސް އެންޒީގެ ހުރިހާ ފިހާރަތަކެއްވެސް ކުރިއަށް އޮތް ހަފްތާގައިވެސް ކުރިއެކޭ އެއްގޮތަށް ހޮނިހިރުން-ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހު މެންދުރު 2:00 އިން 10:00 އަށް ހުޅުވިފައި ހުންނާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
ގޭގައި ތިބެގެން އެންޒީގެ މަހުގެ ބާވަތްތަކާއި މަސްދަޅަށް އޯޑަރު ކުރުމަށް ހާއްސަ ހޮޓްލައިނެއް ވަނީ ގާއިމް ކޮށްފަ އެވެ. އެގޮތުން މާލެއިން އޯޑަރު ކުރަން ބޭނުންވާ ފަރާތްތަކުން 7248899 ނަންބަރަށް ގުޅައިން އޯޑަރު ކުރެވޭނެ ކަމަށާއި އަދި ހުޅުމާލެއިން ނަމަ 7258899 ނަންބަރަށް ގުޅައިން އޯޑަރު ކުރެވޭނެ އެވެ. އޯޑަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު ހެނދުނު 08:30 އާއި ހަވީރު 04:00 ދެމެދުގަ އެވެ.
އެންޒީން ބުނީ އެކުންފުނީގެ މަގްސަދަކީ ހުރިހާ ކަސްޓަމަރުންގެވެސް ވަގުތު ސަލާމަތްކޮށްދީ ގޭގަ ރައްކާތެރިކަމާއިއެކު ތިބެގެން އެކުންފުނީގެ ހިދުމަތް މާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެކުންފުނިން ޑެލިވަރީ ކުރާނީ ރަމަޟާން މަހަށް ހާއްސަކޮށްގެން އެކުންފުނިން ފަށާފައިވާ "ވަރަށް ފައްކާ" ޕްރޮމޯޝަންގެ ލޭބަލް ޖަހާފައިވާ މަސްދަޅުތައް ކަމަށާއި އެހެން ކަމުން އެންޒީގެ މަސް ގަންނަ ކޮންމެ ފަރާތަކަށް އެ ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށް އެންޒީން ބުންޏެވެ.