އެމްއެންޑީއެފް

ގިރިފުއްޓަށް ޕާރްސަލެއް ލައްގައިގެން އެ ބަލަނީ

Jan 16, 2020

ގިރިފުށީ ޖެޓީ ސަރަހައްދަށް ޕާރުސަލް ކޮށްފައި އޮތް އެއްޗެއް ލައްގައިގެން އެއީ ކޮން އެއްޗެއްތޯ ބަލަން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ގިރިފުށީ ޖެޓީ ސަރަހައްދަށް ޕާރުސަލް ކޮށްފައި އޮތް އެއްޗެއް ލައްގާފައި އޮއްވާ ފެނިފައިވަނީ މިއަދު ހެނދުނު 11:30 އެހާކަންހާއިރު ކަމަށެވެ.

އެއީ ދެ ފޫޓްގެ ޕާރުސަލެއް ކަމަށާ އެއީ ކޮން އެއްޗެތޯ ބެލުމަށް ފުލުހުންނާއި ގުޅިގެން ބަލަމުން ގެންދާ ކަމަށެވެ.