ހުޅުމާލޭގައި ހިމަބިއްސަށް ސްކްރީން ކުރަން ވެކްސިން ސެންޓަރެއް ގާއިމް ކޮށްފި އެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ މިއަދު ވަނީ މި ކަމަށް ދެ ސެންޓަރެއް އިތުރު ކޮށްފަ އެވެ. ދެ ސެންޓަރު އިތުރު ކޮށްފައިވަނީ ހުޅުމާލޭގަ އެވެ.
- މާލެ : ސޯޝަލް ސެންޓަރުގައި: ހެނދުނު 10:00 - ހަވީރު 05:00 އަށް
- ހުޅުމާލޭ އޯޓިޒަމް ސެންޓަރާއި ޖެހިގެން އޮތް ހުސް ބިމުގައި: ހެނދުނު 08:00 - 10:00 އަށް
ހުޅުމާލޭ ސެންޓަރުން ހިމަބިއްސަށް ސްކްރީން ކުރުމުގެ ހިދުމަަތް ދެމުން ގެންދާނެ އެވެ. ހުން އައިސް ގައިގައި ކުދި ބިހިތަކެއް ނަގާނަމަ ސެންޓަރަށް ގޮސް ޑޮކްޓަރުންގެ ލަފާ ހޯދަން އެދެ އެވެ.
މާލޭގެ ސެންޓަރުން ވެކްސިން ޖަހައިދޭނެ އެވެ. އެ ސެންޓަރުގައި ހަ މަހާއި 18 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ހިމަބިހީގެ ވެކްސިން ދެ ޑޯޒް ހަމަނުވާ ކުދިންނަށް ވެކްސިން ވެސް ޖަހައިދޭނެ އެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާއިރު، ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. ތިން އަހަރުގެ ފިރިހެން ކުއްޖަކާއި 30 އަހަރުގެ ދިވެހި ފިރިހެނަކާއި އިތުރު ދެ މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފަ އެވެ.
ހިމަބިއްސަށް އިއްޔެ ވެސް 11 މީހަކު ޓެސްޓް ކުރި އެވެ. އިއްޔެ ޓެސްޓު ކުރި އެއްވެސް މީހަކަށް އެ ބަލި ޖެހިފައެއް ނުވެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް 15 މީހަކު ޓެސްޓު ކޮށްފައިވާއިރު އެއިން އެކަކު ވެސް އެ ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.