ހަބަރު

ބަންޑުން ޖަހާލާފައި އޮތް ބޯޓެއް ފެނިއްޖެ، މީހަކު ނެތް

ބޭރުގެ މަސް ބޯޓެއް ރާއްޖޭގެ ސަރައްދުގައި ބަންޑުން ޖަހާލާފައި އޮއްވާ ފެނިއްޖެ އެވެ.

މި ބޯޓު ފެނިފައި ވަނީ މ. އަތޮޅު މެދުފުށި ރިސޯޓު ކައިރިންނެވެ. ބޯޓު އޮތް ސަރަހައްދުގައި އެއްވެސް މީހަކު ނެތެވެ.

ފުލުހުން ބުނީ މެދުފުށި ރިސޯޓުގެ ފުއްޓަރު ފަރާތު ބޭރުގައި އޮތް ބޯޓުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ފަހު 1:30 އެހާކަންހާއިރު ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި ބުނީ މިހާތަނަށް ބެލި ބެލުމުން އެއީ ސްރީ ލަންކާގެ މަސްބޯޓެއް ކަމަށް ބެލެވޭ ކަމަށެވެ.