މޯލްޑިވްސް ޕޮލިސް ސާވިސް

ގެއްލުނު ބިދޭސީ މީހާ ފެނިއްޖެ

ކެނޯއެއްގައި ނުކުމެ އުޅެނިކޮށް ގެއްލުނު ބިދޭސީ މީހާ ފެނިއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި، އެ މީހާ ފެނުނީ ފަތާފައި ރަށުގެ ބަނދަރާ ދިމާއިން އެއްގަމަށް އަރައި ހުއްޓައެވެ.

ބަންގްލަދޭޝްގެ އުމުރުން 29 އަހަރުގެ އެ ފިރިހެން މީހާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ހދ. ނޮޅިވަރަންފަރު ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ދެ ބިދޭސީން މަސް ހިފަން ކެނޯއެއްގައި ނުކުމެ އުޅެނިކޮށް، އެތަނުން އެކަކު ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 14:15 ހާއިރުއެވެ.

އެ މީހާ ގެއްލިފައިވަނީ ނޮޅިވަރަންފަރު ހުޅަނގު ފަރާތުން ގާތްގަނޑަކަށް 200 މޭލު ބޭރުންނެވެ.

އެ މީހާ ގެއްލުނުކަމުގެ ރިޕޯޓް ލިބުމުން ފުލުހުންނާއި ސިފައިން ވަނީ އެ މީހާ ހޯދުމުގެ މަސައްކަތްކޮށްފައެވެ.