ދުނިޔެ

މިސްކިތެއް ބިނާކުރުމާ ދެކޮޅަށް މުޒާހަރާކުރުމުން އޮސްޓްރޭލިޔާގައި ހަމަނުޖެހުން ހިނގައިފި

Aug 30, 2015

ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅު އެތައް ސަތޭކަ ބަޔަކު ވަނީ ބެންޑިގޯގެ ޓައުން ސެންޓަރަށް އެއްވެ ނަސްލީ ތަފާތުކުރުން ތަކައް ޖާގަ ނެތް ކަމަށާ އިސްލާމްދީނާމެދު ނަފްރަތު އުފެއްދުމާ ދެކޮޅަށް އެންމެއް އެއްބައިވުމަށް ގޮވާލާ ޝުއޫރު ފާޅުކޮއްފައެވެ.

ބެންޑިގޯގައި މުސްލިމުންނަށް އަދި މިސްކިތެއް ބިނާ ކުރެވިފައެއް ނެތެވެ. އެ އަވަށުގައި މިސްކިތެއް ބިނާކުރުމަށް ސަރުކާރުން މިދިޔަ އަހަރު ކަނޑައެޅީއްސުރެ އިސްލީމްދީނާ ދެކޮޅު ފަރާތްތަކުން ދަނީ މިސްކިތް އެޅުމާ ދެކޮޅުހަދަމުންނެވެ. 83 ހާސް މީހުންގެ އާބާދީއެއް އޮންނަ ބެންޑިގޯގައި މުސްލިމުންގެ އާބާދީއަކީ ގާތްގަނޑަކަށް ތިންސަތޭކައެވެ.