ހަބަރު

އިނގުރައިދޫ އާއި ކިނޮޅަހަށް އުދަ އަރަނީ

Jan 23, 2020
1

ރ. އިނގުރައިދޫ އާއީ ކިނޮޅަހަށް ވަރަށް ބޮޑަށް އުދަ އަރައި ގެއްލުންތަކެއް ވެއްޖެ އެވެ.

ކިނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސެއިން ވިދާޅުވީ މިހާރު ވެސް އުދަ އަރަމުންދާ ކަމަށެވެ. އަދި އެއްވެސް މީހެއްގެ މުދަލަށް ގެއްލުން ނުވިޔަސް ބަނދަރުގެ ނެރު ފައި ކަށި ރޫޅިގެން ހަލާކުވެފައިވާ ކަމަށާއި ނެރު ބައްތި ވެސް މޫދަށްް ވެއްޓިފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.

"ބޮޑު ދިޔާގެ ދުވަސްވަރެއް ވެސް ނޫން އެކަމަކު ޖެޓީ މަތިން ވަށް ގަދައަށް ރާޅު އަރަމުން އެބަދޭ މިހާރު ވެސް، މުދަލަކަށް ގެއްލުން ނުވިޔަސް ރަށް ގިރުމާރި ބަނދަރުގެ މައްސަލަ މި އުޅެނީ ބޯޓު ފަހަރަށް ކައިރި ނުކުރެވޭނެ މި ހާލުން،" އޭނާ ވިދާޅުވި އެވެ.

ޑިސާސްޓާ މެނޭޖްމަންޓުގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން މިއަދު އަވަސްއަށް ވިދާޅުވީ ބޯޓު ފަހަރަށް ބަނދަރަށް ކައިރި ނުކުރެވޭ ވަރަށް އެ ދެ ރަށަށް އުދަ އެރި ކަމަށާއި ބަނދަރުގެ ބައެއް ނެރު ބައްތި ފަދަ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ. ނަމަވެސް ދެ ރަށުގައި މީހުން ދިރިއުޅޭ އެއްވެސް ގެޔަކަށް ގެއްލުން ނުވާ ކަމަށް ހިސާން ވިދާޅުވި އެވެ.