މިސްރުގެ ގާނޫނުހަދާ މަޖިލީސް އުވިގެން ދިޔައީ ޖޫން 2012 ގައި އެގައުމުގެ ކޯޓުން ގާނޫނު ހަދާ މަޖިލީހުގެ މަތިގެ އުވާލުމާއި ގުޅިގެންނެވެ. މިއީ 2011 ވަނަ އަހަރު މުސްލިމް ބްރަދާހުޑުން ހުސްނީ މުބާރަކްގެ ވެރިކަން ވައްޓާލައި ވޯޓަކުން ގާނޫނު ހަދާ މަޖިލީސް ހޮވި ފަހުން މިސްރުން ޑިމޮކްރަސީއާއި ފޭއަށް އެޅި ފިޔަވަޅެކެވެ. ކޯޓުން މަތިގެ އުވާލިއިރު މަތިގޭގެ މެޖޯރިޓީ އޮތީ މިހާރު މިސްރުގައި މަނާކޮއްފައިވާ މުސްލިމް ބްރަދަހުޑް އެވެ.
މުސްލިމް ބްރަދަހުޑް ގެ ވެރިކަން ވައްޓާލައި ދެން ރައީސްކަމަށް އައީ އޭރު އަސްކަރިއްޔާގެ ވެރިޔަކަށްހުރި އަބްދުލް ފައްތާހު އައް ސީސީ އެވެ. އެއީ މިސްރުގައި އެންމެ ފުރަތަމަ ބޭއްވުނު މިނިވަން އިންތިހާބު ކާމިޔާބު ކުރެއްވި މުސްލިމް ބްރަދަހުޑްގެ މުހައްދަދު މުރްސީ އާއި ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބާއްވައި، 2013 ގައެވެ. އެއައްފަހު އަސްކަރިއްޔާއިން ވަނީ މިސްރަށް ޑިމޮކްރަސީ ގެނައުމަށް މަގުޗާޓެއް އެކުލަވާލާފައެވެ. މި މަގުޗާޓު އިއުލާނު ކުރުމައްފަހު ދެން ފެނިގެން ދިޔައީ މުޒާހަރާކުރާ އެތައް ސަތޭކަ ބަޔަކު މަރައި އެތައް ހާސް ބަޔަކު ސަރުކާރުން ހައްޔަރު ކުރަންފެށި ތަނެވެ.
އިންތިހާބު އިއުލާނު ކުރެވިގެން ދިޔުމަކީ ޑިމޮކްރަސީ އަނބުރާގެނައުމުގެ ނިޔަތް ސަރުކާރުގެ ކިބައިގައި އޮތްކަން ދައްކުވައިދޭ ކަމެއްކަމަށް ސީސީގެ ސަރުކާރުން ބުނެއެވެ. އެހެންނަމަވެސް ބްރަދަހުޑަށް ތާއީދުކުރާ މީހުން މި އިންތިހާބު ބޮއިކޮޓް ކުރާނެ ކަމަށް ބެލެވެއެވެ.