ވިޔަފާރި

އަތޮޅު ފިހާރަތައް ކުއްޔަށް ދޭން އިއުލާނުކޮށްފި

Jan 27, 2020
3

މާލޭގައި ހުރި ގިނަ އަދަދެއްގެ އަތޮޅު ފިހާރަތައް ކުއްޔަށް ދޭން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ހިންގަމުން ގެންދާތާ ޒަމާންވީ ގިނަ ފިހާރަތަކެއް އިއުލާނުކޮށްފައިވެ އެވެ. މި އިއުލާނުކޮށްފައިވަނީ ފިހާރަތައް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާން ކައިރިވާތީ އެވެ.

އިއުލާނުކޮށްފައިވާ ފިހާރަތައް:

  • ނ. އަތޮޅު ފިހާރަ އިރުމަތީ ބައި (ގަލޮޅު ބޯޅަ ދަނޑު 11 ނަމްބަރު ފިހާރަ)
  • ކްރެސެންޓް ހަތް ނަމްބަރު ފިހާރަ
  • އ. އަތޮޅު ފިހާރަ ދެކުނު ފެންޑާ ދެކުނުބައި
  • ކްރެސެންޓް 14 ނަމްބަރު ފިހާރަ

އެ މިނިސްޓްރީން ބުނީ މި ފިހާރަތައް ކުއްޔަށް ދިނުމަށް އެދި ހުށަހަޅާ ބިޑް ފޯމް ވިއްކާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހަށް ކަމަށެވެ.

ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު، އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ ކައުންސިލް ތަކަށް ދޭނެ ކަމަށް ބުނެފަ އެވެ.