މިއީ ސައުދީ އަރަބިއްޔާއިން ގަލްފުގެ ގައުމުތަކާއި ޔަމަނުގެ ކުރީގެ ސަރުކާރާއެކު ހަދާފައިވާ ކޯލިޝަނުން އީރާނާ ގުޅުންބޮޑު ހޫތީ ފޯސްތަކާއި ދެކޮޅަށް ދެމުންދާ ހަމަލާތަކެކެވެ.
ކޯލިޝަނުން ވަނީ އިއްޔެގެ ހަމަލާތައް އާންމުންނަށް އަމާޒުވިކަމާއި ދެކޮޅު ހަދާފައެވެ. އަދި ހޫތީން ގޮތް ހުސްވެފައިވާ އެފްރިކާގެ ރެފިއުޖީން ހަނގުރާމައިގައި ބޭނުންކުރާ ކަމަށް ވެސް ކޯލިޝަނުން ބުނެއެވެ.
ޔަމަނުގައި ބަދަލުކުރަމުންދާ ހަމަލާތަކުގައި ވޭތުވެދިޔަ ފަސް މަހު ހަތަރުހާސް ތިންސަތޭކަ މީހުން މަރުވެފައިވާއިރު އެގައުމުގައި ދަނީ ބަލިމަޑުކަން ފެތުރެމުންނެވެ. ސައުދީ އަރަބިއްޔާއިން އިސްވެ އޮވެ ޔަމަނުގައި ދެމުން ގެންދާ ބޮމުގެ ހަމަލާތަކުގައި ގިނައަދަދެއްގެ އާންމުން މަރުވަމުންދާއިރު އެމްނެސްޓީން ބުނެފައިވަނީ މިއީ ހަނގުރާމައިގެ ކުށްތަކަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.