ހަބަރު

ރެޑްވޭވް އަހަރީ ބާޒާރުގެ ގުރުއަތު ނަގައިފި

Jan 29, 2020

މިދިޔަ އޮކްޓޯބަރު ގައި ބޮޑެތި އިނާމްތަކާއެކު ފެށި ރެޑްވޭވް އަހަރީ ބާޒާރު ޕްރޮމޯޝަނުގެ ގުރުއަތުލުން ނަގައިފި އެވެ.

މިއަދު ހުޅުމާލެ ރެޑްވޭވް މެގަ މޯލްގައި ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގައި، ގިނަ ފަރާތްތަކަކަށް ވަނީ ފައިސާގެ އިނާމާއެކު އަގު ބޮޑު އިނާމްތަކެއް ދީފަ އެވެ. އެގޮތުން، 10،000 ރުފިޔާގެ ފައިސާގެ އިނާމު 10 ފަރާތަކަށް ދިނެވެ.

10،000 ރުފިޔާގެ އިނާމަށް ގުރުއަތުން ހޮވުނު ފަރާތްތައް

  • 1. އިނާޒް - ކޫޕަން 67590
  • 2. މުއްތަލިބް - ކޫޕަން 29468
  • 3. މުހައްމަދު ރަސަލް މިއާ - ކޫޕަން 46096
  • 4. އައިޝަތު ރައިފާ - ކޫޕަން 75457
  • 5. ރަޒިއްޔާ މުހައްމަދު - ކޫޕަން 54115

ފަރުނީޗަރާއި އިލެކްޓްރޯނިކް އެޕްލައިންސް އިން ދިން 10 އިނާމު

  • 1. 55 އިންޗި ޔޫއެޗްޑީ ޓީވީ - އަޒީ އަބްދުﷲ އަޒީޒް، ކޫޕަން 41146
  • 2. 55 އިންޗި ޔޫއެޗްޑީ ޓީވީ - އަޔާލް، ކޫޕަން 10266
  • 3. 55 އިންޗި ޔޫއެޗްޑީ ޓީވީ - އަމީނާ ޔޫސުފް، ކޫޕަން 38086
  • 4. 55 އިންޗި ޔޫއެޗްޑީ ޓީވީ - ޝަމޫން، ކޫޕަން 25124
  • 5. 55 އިންޗި ޔޫއެޗްޑީ ޓީވީ - އަހުމަދު ޝާހިދު، ކޫޕަން 77929
  • 6. 18000 ބީޓީޔޫ އޭސީ - އަފްރިހާ، ކޫޕަން 03233
  • 7. ސެކްޝަނަލް ސޯފާސެޓް - ޝާދް މުހައްމަދު، ކޫޕަން 20686
  • 8. މޮޑާރން ސޯފާ - މަޖީދް، ކޫޕަން 66604
  • 9. ބުކް ޝެލްފް - އަބްދުލް ވަހީދު، ކޫޕަން 16876
  • 10. ގްލެން އެއަރ ޕިޔުރިފަޔާ - އަސްލަމް މޫސާ، ކޫޕަން 10396

މާލެ އާއި ހުޅުމާލޭގެ ރެޑްވޭވް ފިހާރަތަކުން ކަނޑައަޅާފައިވާ ތަކެތިން ޑިސްކައުންޓް ލިބޭ ގޮތަށް ގެންދިޔަ މި ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ރެޑްވޭވުން ބުނެ އެެވެ. ހާއްސަކޮށް ޕްރޮމޯޝަން ތެރޭ ތައާރަފްކުރި މޮލްފިކްސް ނެޕީ އާއި ޝާޕް އޭސީ އަދި އައިސްއަލަމާރި އަށް ކަސްޓަމަރުންގެ ސަމާލުކަން ލިބުނު ކަމަށް ބުންޏެވެ.

މީގެ އިތުރުން، 200 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރިކުރި ހުރިހާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާ އަކު ގުރުއަތުލައިގެން ތިން ފަރާތެއްވަނީ ހޮވާފަ އެވެ. އެގޮތުން އެއްވަނަ އަށް 5000 ރުފިޔާ ދެ ވަނަ އަށް 3000 ރުފިޔާ އަދި ތިންވަނައަށް 2000 ރުފިޔާ އިނާމް ވަނީ ކޮންމެ ހަފްތާއަކު ދީފަ އެވެ.

އަދި، ރެޑްވޭވްގެ ފޭސްބުކް ޕޭޖްގައި އެއްމަހަށްވުރެ ގިނަދުވަސްވެފައިވާ "ޓޮޕް ފޭން" ބެޖް ހޯދާފައިވާ ފަރާތަށް ވަރަށް ހާއްސަ އިނާމްތަކެއް ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.