ހަބަރު

ފިހާރައަކަށް ވަދެ ޖިންސީ ގޯނާކުރި ދުވަސްވީ މީހަކު ހައްޔަރުކޮށްފި

Feb 2, 2020

ރަށެއްގެ ފިހާރައެއްގައި އިން އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ދުވަސްވީ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ހައްޔަރުކޮށްފައިވަނީ 60 އަހަރުގެ މީހެކެވެ. އެ މީހާ ޖިންސީ ގޯނާކުރީ ފިހާރައިގެ ސޭޓަކަށް އިން 16 އަހަރުގެ ކުއްޖަކާ އެވެ.

ޖިންސީ ފުރައްސާރަ އާއި ގޯނާގެ ރިޕޯޓްތައް ހުށަހެޅޭ މިންވަރު މި ދުވަސްވަރު ގިނަކަން ފާހަގަކޮށްލެވެ އެވެ.