ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮރޯނާއަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ފަށައިފި

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުން ސަލާމަތް ވުމަށް ރާއްޖޭން އަޅަމުންދާ ފިޔަވަޅުތަކަށް އާއްމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހެލްތު މިނިސްޓްރީން ފަށައިފި އެވެ.

އިއްޔެ ފެށި މި ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިޔަށް ގެންދާނެ އެވެ. މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގައި މިހާރު 150 އަށް ވުރެ ގިނަ ރަށަށް އެ އުލޫމާތު ދީފައިވާ ކަމަށާއި މިހާރު ވެސް އަތޮޅުތަކުގެ ރަށްރަށާއި ރިސޯޓްތަކުގައި އެ މަސައްކަތް ހިނގާ ކަމަށެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވާން ފިޔަވަޅުތައް އެޅުމަށް ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލެއް ގުޅިގެން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.

ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ރާއްޖޭން ޓެސްޓް ކުރި މީހުން އެ ވައިރަސް އަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ.