މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

އުތުރަށް ލޮޅުމެއް، ނުރައްކަލެއް ނެތް

މިރޭ ދަންވަރު އުުތުރުގެ ބައެއް އަތޮޅުތަކުން ބިންގަޑަށް ލޮޅުމެއް އައިސްފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

އެ އޮފީހުން ބުނީ އުުތުރުގެ ބައެއް އަތޮޅުތަކުން ބިންގަޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓެއް ލިބުމުން އެ އިދާރާއިން ބެލި ބެލުމުން ހަނިމާދޫގައި ގާއިމްކޮށްފައިވާ ބިންހެލުން ރިކޯޑް ކުރާ މީޓަރަށް ލޮޅުމެއް އަސަރު ކޮށްފައިވާކަން ރިކޯޑް ކުރެވިފައިވާ ކަމަށެވެ.

ލޮޅުމުގެ އަސަރު ރެކޯޑް ކުރެވިފައިވަނީ މިރޭ ދަންވަރު 01:47 އެހާކަންހާއިރު ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ލަފާ ނުުކުރެވޭ ކަމަށެވެ.