ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މޯލްޑިވިއަންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ޓީމް!

May 13, 2020
6

ކޮވިޑުގެ ހާލަތުގައި މި ބައްޔާ ހަނގުރާމަ ކުރަން ކުރީ ސަފުގައި ދަނީ ގިނަ ބަޔަކު މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ބަޔަކީ ކޮވިޑުގެ ބަލި މީހުން އެއް ތަނުން އަނެއް ތަނަށް ވައިގެ މަގުން ގެންދިއުމުގެ އޮޕަރޭޝަންގައި ރައްކާތެރިކަން ޔަގީން ކޮށްދޭ ޓީމެވެ.

ބަލި މީހުން އުފުލުގެ އޮޕަރޭޝަން ވައިގެ މަގުން ކުރިއަށް ގެންދާއިރު ސީޕްލޭންތައް ސާފުކޮށް، އޭގެ ރައްކާތެރިކަން ބަލަހައްޓަނީ މޯލްޑިވިއަންގެ ފެސިލިޓީ ޑިޕާޓްމަންޓުންނެވެ. އެ ޑިޕާޓްމަންޓުން ދަނީ ކޮވިޑުގެ ހާލަތު ރާއްޖޭގައި ފެށުނު ދުވަހުން ފެށިގެން ހުޅުލޭގައި ލޮކްޑައުންވެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

"މި ޑިޕާޓްމަންޓުގެ ހަތް މުވައްޒަފަކު މަސައްކަތް ކުރަމުން ދާނެ އެއާޕޯޓުގައި. އެ މީހުންގެ މަސައްކަތަކީ ރައްކާތެރިކަމާއި ސާފު ތާރިހުކަން ޔަގީން ކުރުން. މެއިންޓެނަންސް އާއި ބޯޓު ފުރުމުގެ ކުރިން ހުންނަން ޖެހޭ ސާމާނު ހަމަކަން ޔަގީން ކުރުން،" ސީނިޔަ ފެސިލިޓީ އޮފިސަރު މުހައްމަދު ޝިފާއު ވިދާޅުވި އެވެ.

އެއީ 24 ގަޑިއިރު މަސައްކަތް ކުރާ ޓީމެކެވެ. އެ ޓީމްގެ މަސައްކަތްތަކުގެ ތެރޭގައި ސީޕްލޭން ކައިރި ކުރާ ހުރިހާ ޕްލެޓްފޯމްތަކުގެ މެއިންޓަނަންސް ބެލެހެއްޓުން ވެސް ހިމެނެ އެވެ. އެ ތަންތަނުގައި ތެލާއި ފެނުގެ ސިސްޓަމްތަކުގެ ޔަގީންކަން ކަށަވަރު ކުރާނީ ވެސް އެމީހުނެވެ. އަދި ޓާމިނަލްގެ ސާފު ތާހިރުކަމުގެ ޔަގީންކަން ދެނީ ވެސް މި މީހުނެވެ. މީގެ އިތުރުން ސީޕްލޭން ޖައްސާ ސަރަހައްދު ސާފުކޮށް ބަލަހައްޓާނީ ވެސް އެޓީމެވެ.

ޝިފާއު ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ބަލި މީހުން އުފުލުގެ އޮޕަރޭޝަން ކޮންމެ ދުވަހެއްގެ ހެނދުނުން ފެށިގެން ހިނގަ އެވެ.

"ކޮވިޑަށް ޕޮޒިޓިވް މީހަކު ގެނެސްފިނަމަ އެމްއޭސީއެލް ފަޔާއެންޑް ރެސްކިއު ޓީމުން ޑިސް އިންފެކްޓް ކުރުމާއެކު، އެ މީހުންނާ ގުޅިގެން ބޯޓުތެރެ ސާފުކޮށް ބަލަހައްޓާނީ އަޅުގަނޑުމެން،" ޝާފިއު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން މޯލްޑިވިއަން އިން ކޮންމެ ދުވަހަކު 10 ވަރަކަށް ސީޕްލޭން ދަތުރު އަޅާއިރު، ގައުމީ މަސައްކަތެއްގެ ގޮތުގައި އެ ޓީމުން ދަނީ ހިތްވަރާއެކު ކުރީ ސަފުގައި މަސައްކަތް ކުރަމުންނެވެ. އެ މީހުންގެ ވާޖިބަކީ ބޯޓުން ދަތުރުކުރާ މީހުންނަށް ސާފު ތާރިހުކަން ކަށަވަރުކޮށް ދިނުމާއި ރައްކާތެރިކަން ކަށަވަރު ކުރުމެވެ.