ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަންގްލަދޭޝްގެ އިތުރު 200 މީހުން ފޮނުވާލައިފި

Jun 2, 2020
3

ރާއްޖޭގައި ދިރިއުޅެމުން ދިޔަ ބަންގްލަދޭޝްގެ 200 މީހުން އެނބުރި އެ ގައުމަށް ފޮނުވާލައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަންނަނީ ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މޯލްޑިވިއަން އެއާލައިންސް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ބަންގްލަދޭޝްގެ 200 މީހުން ގޮވައިގެން އެ އެއާލައިންސްގެ ފްލައިޓެއް ޑާކާއަށް ފުރާފައިވާ ކަމަށެވެ. މިހާތަނަށް ބަންގްލަދޭޝްގެ 1000 އެއްހާ މީހުން ވަނީ ފުރުވާލައިފަ އެވެ.

ރާއްޖޭގައި 1829 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިރު އޭގެ ތެރެއިން 1200 އަށް ވުރެ ގިނަ މީހުންނަކީ ބިދޭސީންނެވެ. އަދި ރާއްޖޭގައި މިހާތަނަށް އެ ބަލީގައި މަރުވެފައި ވަނީ ވެސް ހަތަރު ދިވެހިންނާއި ތިން ބަންގްލަދޭޝް މީހުންނެވެ.

ސަރުކާރުން ބިދޭސީން ފުރުވާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި އިންޑިޔާ، އިންޑޮނޭޝިއާ ތައިލެންޑު އަދި ސްރީ ލަންކާގެ ގިނަ ބަޔަކު ވެސް ދާދި ފަހުން ވަނީ ފުރުވާލައިފަ އެވެ.