ދުނިޔެ

ފަލަސްތީނުގެ ދިދަ އދ. ގެ މައި އިދާރާގައި ނުނަގަން އިޒްރޭލް އެދެފި

Sep 1, 2015

އިޒްރޭލުން މިކަމަށް އެދިފައިވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ކިބައިންނާއި ޖެނެރަލް އެސެމްބްލީގެ ރައީސްގެ ކިބައިންނެވެ.  

އިޒްރޭލުން ވަނީ މިކަމަށް އެދި މިއަދު އދ. އަށް ލިޔެފައެވެ. އިޒްރޭލުން ދެކޭ ގޮތުގައި ފަލަސްތީނުން އުޅެނީ ސިޔާސީ ފައިދާތަކެއް ހޯދުމަށް އދ. ގެ ޒަމާންވީ ސަގާފަތް ބަދަލު ކުރާށެވެ.

ނިއުޔޯކް ގައި ހުންނަ އދ. ގެ މައި އިދާރާގެ ބޭރުގައި އެ ޖަމާއަތަށް ނިސްބަތްވާ 193 ގައުމުގެ ދިދަ ނަގާފައި ހުރެއެވެ. އެހެން ނަމަވެސް މެމްބަރުންގެ ގޮތުގައި ނުހިމެނޭ "އޮބްޒާވާ ސްޓޭޓް" ތަކުގެ ގޮތުގައި އޮންނަ ފަލަސްތީނާއި ހޯލީ ސީ ގެ ދިދަ ނަގާފައެއް ނުހުރެ އެވެ.

ފަލަސްތީނުން މަސައްކަތް ކުރަނީ ޖެނެރަލް އެސެމްބްލީގެ ގަރާރަކުން ފާސްކޮށް އޮބްޒާވާ ސްޓޭޓް ތަކުގެ ދިދަ ވެސް އިދާރާ ބޭރުގައި ނަގާ ގޮތަށް ފާސް ކުރުމަށެވެ.