ދުނިޔެ

ޔަމަނުގައިވަކިވާން މަސައްކަތްކުރާ ޝީއީ ހަނގުރާމަވެރިން ކެބިނެޓެއް އެކުލަވާލަނީ

Sep 2, 2015

ހަނގުރާމަވެރިން މިގޮތަށް އިއުލާނުކޮއްފައިވަނީ ވެރިރަށް ސަންއާ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޔަމަނުގެ މައި ސިޔާސީ ޕާޓީ ތަކުން ވަނީ ހަނގުރާމަވެރިންގެ މި ނިންމުމާ ދެކޮޅު ހަދާފައެވެ. އަދި ބައިނަލް އަގުވާމީ މުޖްތަމައު ގަބޫލުކުރާ ޔަމަނުގެ ސަރުކާރާއެކު ޝީއީ ހަނގުރާމަވެރިން އޮމާނުގައި ކުރިއަށް ގެންދިޔަ ވާހަކަތައް ވެސް ވަނީ ކޮޅެއްގައި ނުޖެހިއެވެ.

ސަރުކާރުގެ އޮފިޝްލުން ބުނީ މި ވާހަކަތައް ކޮޅެއްގައި ނުޖެހި މަޑުޖައްސާލާފައި ވަނީ ހަނގުރާމަވެރިން އެމީހުން ހިފާފައިވާ ސަރަހައްދުތައް "އަސްކަރިއްޔާ" އާއި ހަވާލުކުރަން ހުށަހެޅި ހިސާބުން ކަމަށެވެ. ހަނގުރާމަވެރިން އަސްކަރިއްޔާ އޭ އެ ބުނަނީ ކޮން އަސްކަރިއްޔާ އަކަށް ކަން ސާފުކޮއްދީފައެއް ނުވެއެވެ.

ޔަމަނުގެ ކުރީގެ ރައީސަށް ވަފާތެރި އަސްކަރީ ޔުނިޓު ތަކާއި ޝީއީ ހަނގުރާމަވެރިންނަކީ ގުޅުން ރަނގަޅު ދެބަ އެކެވެ. އަނެއް ފަޅީގައި އޮތީ ފައްސާލާފައިވާ ރައީސް އަށް ވަފާތެރި ޔަމަނު އަސްކަރިއްޔާއަށް ނިސްބަތްވާ ބައެކެވެ.