ހަބަރު

ގެއެއްގެ 7 ވަނަ ބުރީގެ ވައިގޮޅިން މީހަކު ވެއްޓިއްޖެ

Feb 10, 2020
1

މާލޭގެ ގެއެއްގެ ވައިގޮޅިއަކުން ވެއްޓުނު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި، ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މާލޭގެ ހެންވޭރު ގެއެއްގެ ހަތް ވަނަ ބުރީގެ ވައިގޮޅިން މީހަކު ވެއްޓުނު މައްސަލައެއް މިއަދު މެންދުރުފަހު 2:30 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި ވެއްޓި އަނިޔާވީ ބަންގްލަދޭޝް މީހަކަށް ކަމަށާއި އޭނާއަށް ފަރުވާ ދެމުންދާ ކަމަށެވެ.

ބިދޭސީ މީހާ ވެއްޓިފައި ވަނީ އިމާރާތް ކުރުމުގެ މަސައްކަތް އުޅުމުގެ ތެރޭ ބޭނުން ކުރި "ބޯސުން ޗެއާ" ގެ ވާގަނޑެއް ކަނޑައިގެން ދިއުމުގެ ސަބަބަބުންނެވެ. އޭނާ ވެއްޓިފައި ވަނީ ފުރަތަމަ ފަންގިފިލާގައި އަޅާފައިވަ ޝީޓާ ހަމައަށެވެ.

އެ މީހާގެ ގައިގެ ތަންތަން މަށައިގެން ދިއުމާއި ދުލުގެ ބައެއް ކަނޑައިގެން ދިއުން ފިޔަވައި ބޭރު ފުށުން ބޮޑު ޒަހަމެއް ފެންނާކަށް ނެތެވެ. ނަމަވެސް އޭޑީކޭގެ އިމަޖެންސީގައި އޭނާއަށް އަންނަނީ ފަރުވާ ދެމުންނެވެ.

އަދި ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ގެންދަނީ ބަލަމުންނެވެ.