ބިދޭސީން

31،000 ބިދޭސީން ރަޖިސްޓަރީ ވެއްޖެ

Feb 12, 2020
1
ގިނަ އަދަދެއްގެ ބިދޭސީން ރަޖިސްޓްރާ ވާން އެޕޮއިންޓްމެންޓް ހައްދަން ގަލޮޅު ދަނޑަށް ވަދެ: މިހާރު ދެބައިކުޅަ އެއްބައި މީހުން ވަނީ ރަޖިޓްރީވެފައި
0%
0%
0%

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފައްތަން ފެށި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 31،000 ބިދޭސީން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ބަންގްލަދޭޝަންގެ އަން-ސްކިލްޑް ލޭބަރުން މިހާރު ރާއްޖެ ނުގެނެވޭނެ ކަމަށާއި މިހާރު ކުރިއަށްދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް އަންނަ މާޗް މަހުގެ 19 ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަމުން މިދަނީ ވަރަށް ގިނަ ގޮންޖެހުންތަކާއެކު. ރިސޯސްގެ ގޮތުން ވެސް ދައުލަތުގެ ފުދުންތެރިކަން ހުރި ގޮތުން ވެސް ދަތި،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިމިގްރޭޝަންގެ ސްޓެޓިސްޓިކްސް ބެލި އިރު 60،000 މީހުންގެ އަދަދެއް ގަވައިދާ ހިލާފަށް އުޅޭ ކަމަށާއި އަދި އަންދާޒީތަކަށް ބަލާއިރު ލައްކައެއްހާ މީހުން ވެސް އުޅެފާނެ ކަމަށެވެ.

"މިހާތަނަށް އައިއިރު ރަޖިސްޓްރީ ކުރެވިއްޖެ 31،000 ބިދޭސީން. އިމިގްރޭޝަންގެ ސްޓެޓިސްޓިކްސް އަށް ބަލާއިރު ދެބައިކުޅަ އެއްބައި މި ރަޖިސްޓްރީވީ،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިން ފެނުނު ގޮތަށް ގަލޮޅު ދަނޑަށް ބިދޭސީން އެއްވާތަން ނުފެނުނު ނަމަވެސް މި ވޭތުވެދިޔަ ހަތަރު މަސް ތެރޭ ކޮންމެ ދުވަހަކު ވެސް 300 އާއި 400 ދެމެދުގެ އަދަދަކަށް ބިދޭސީން ރަޖިސްޓްރީ ވަމުންދާ ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910