ހަބަރު

އޭސް ޓްރެވަލްސްގެ ފަރާތުން ހާހެއްހާ ބިދޭސީން ފުރުވާލައިފި

Jul 30, 2020

އިމިގްރޭޝަންގެ އެހީތެރި ކަމާއިއެކު އޭސް ޓްރެވެލްސްގެ ފަރާތުން ހާހެއްހާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައި ވާކަމަށް އެ ކުންފުނިން ބުނެފި އެވެ.

އޭސް ޓްރެވެލްސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ، ފާއިތުވި 10 ދުވަހުގެ ތެރޭގައި ބަންގްލަދޭޝްއަށް ނިސްބަތްވާ 935 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފައިވާ ކަމަށެވެ.

އަދި އެމީހުން ފޮނުވާފައިވަނީ، ސްރީލަންކަން އެއާލައިންސްގެ ފަސް ފްލައިޓަކުން ކަމަށް ފިރާގު އިތުރަށް ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީ ފަރާތްތަކުގެ ތެރެއިން ގައުމަށް އެނބުރި ދިޔުމަށް ބޭނުންވާ ފަރާތްތައް ގައުމަށް ފޮނުވައި ދިނުމަށްޓަކައި ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ވަނީ "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ގެ ފަށައިފަ އެވެ.

އެގޮތުން މިހާރުވެސް، ކޮވިޑް-19 އާ ގުޅިގެން މިހާރު ވެސް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ރާއްޖެ ދޫކޮށް ގޮސްފަ އެވެ. ގަވައިދާ ހިލާފަށް އުޅުނު މީހުން ވެސް ހިމެނޭ ގޮތުން އެ އަދަދު 4000 އަށްވުރެ މައްޗަށް އަރަ އެވެ.

އެގޮތުން، އަމިއްލަ ގައުމަށް ދާން ބޭނުންވާ ބިދޭސީންގެ ތެރެއިން އަތުގައި މުއްދަތު ހަމަ ނުވާ ޕާސްޕޯޓެއް އޮތް، އެކި ސަބަބުތަކާހުރެ ރާއްޖެއިން ނުދެވިފައި ތިބި މީހުންނަށް ފަސޭހައެއް އިންތިޒާމެއް އިމިގްރޭޝަނުން ވަނީ ހަމަޖައްސައިފަ އެވެ.