ވިޔަފާރި

ސަފަޔާ ފިހާރަ އިން އަގު ހެޔޮކޮށް ބޮޑު ޕްރޮމޯޝަނެއް

Feb 12, 2020

ލައިފްސަޕޯޓްގެ ސަފަޔާ ފިހާރަ އިން ކުރިއަށް ގެންދާ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބެމުން ދާ ކަމަށް ބުނެފި އެވެ.

މަޝްހޫރު ގިނަ ބްރޭންޑް ތަކާއެކު މިދިޔަ އަހަރުގެ މެއި މަހު ހުޅުވި ލައިފްސަޕޯޓްގެ އާފިހާރަ އިން ކުރިއަށް ގެންދާ މި ހާއްސަ ޕްރޮމޯޝަންގައި 50 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭނެ އެވެ.

އެ ފިހާރަ އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ޕްރޮމޯޝަންގައި ހުރިހާ ބްރޭންޑް ތަކެއްގެ ސެންޓުތަކުގެ އަގު ހެޔޮކޮށްފައިވާނެ ކަމަށެވެ.

"މި ފިހާރައިން މަޝްހޫރު ހުރިހާ ބްރޭންޑުތަކެއްގެ ސެންޓު ގިނަ ބްރޭންޑުތަކެއް ލިބެން ހުންނާނެ. މި ޕްރޮމޯޝަން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަދާއިރު ގިފްޓެއް ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ލައިފް ސްޕޯޓުގެ ސަފާޔާ ފިހާރަ ހުޅުވާފައި ހުންނަނީ ސޯސަން މަގުގަ އެވެ. ލައިފްސަޕޯޓް ފިހާރައަކީ 2011 ވަނަ އަހަރު ފެށި ވިޔަފާރި އެކެވެ. އެ ކުންފުންޏަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފާމަސީ ޕްރޮޑަކްޓްތައް ސަޕްލައި ކުރާ ކުންފުންޏެކެވެ.