ވިޔަފާރި

ޑީސަލް ލިޓަރަކުން 30 ލާރި އަގު ހެޔޮކޮށްފި

Feb 13, 2020
2

އެސްޓީއޯ އިން ވިއްކާ ޑީސަލް ލިޓަރަކުން 30 ލާރި މިއަދުން ފެށިގެން ހެޔޮ ކޮށްފި އެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނި ކަމަށްވާ އެެސްޓޯއިން ބުނީ ތެލުގެ އަގަށް ގެނައި މި ބަދަލާއެކު، ޑީސަލް ލީޓަރެއް މިހާރު ވިއްކާނީ 10.89ރ. އަށެވެ.

އެެސްޓީއޯ އިން މިދިޔަ އަހަރު ތިން ފަހަރަގެއް މަތިން ޑީސަލްގެ އަގު ހެޔޮ ކޮށްފައިވެ އެވެ. މިއީ މިއަހަރު ތެލުގެ އަގު ރާއްޖޭގެ ބާޒާރުގައި ހެޔޮ ކުރި ފުރަތަމަ ފަހަރެވެ.

ތެލުގެ ބާވަތްތައް ހެޔޮ އަގެއްގައި މެދުކެނޑުމެއް ނެތި ރާއްޖޭގެ ރާއްޖެއަށް ފޯރުކޮށް ދިނުމަކީ ކުންފުނީގެ އަމާޒެކެވެ.

ޑީސަލްގެ އަގު ހެޔޮ ކުރިނަމަވެސް އެ ކުންފުނިން މިފަހަރު ޕެޓްރޯލުގެ އަގަށް ބަދަލު ގެނެސްފައެއް ނުވެ އެވެ. ޕެޓްރޯލް ލިޓަރެއް މިހާރު ވިއްކަނީ 10.13ރ. އަށެވެ.