ތެލުގެ އަގު

ސާފު ނުކުރާ ތެޔޮ ފީފާއެއް 100 ޑޮލަރަށް ތިރިވެއްޖެ

Mar 15, 2022

ރަޝިއާ އިން ޔޫކްރޭން އަށް އަރައިގަތުމާއެކު، ތެލުގެ އަގު މައްޗަށް ދިއުމަށްފަހު، ތެޔޮ ފީފާއެއްގެ އަގު މިއަދު 100 ޑޮލަރަށް ވެއްޓިއްޖެ އެވެ.

ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިއަދު ހުރީ ފީފާއެއް 100 ޑޮލަރަށެވެ.

ތެލުގެ އަގު މިވަރަށް ވެއްޓިފައި މިވަނީ 130 ޑޮލަރަށް ފީފާއެއްގެ އަގު އުފުލުމަށްފަހު އެވެ.

މިވަރަށް އެންމެ ފަހުން ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މަތިވީ މީގެ 14 އަހަރު ކުރީގަ އެވެ. ތެލުގެ އަގު ރޮކެޓް ސްޕީޑުގައި މަތިވެގެން ދިޔައީ ރަޝިއާގެ ތެޔޮ އެމެރިކާއަށް ގަތުން އެއްކޮށް ހުއްޓާލާނެ ކަމަށް އެ ގައުމުން ބުނުމުންނެވެ. ނަމަވެސް އެމެރިކާ އިން މި ފިޔަވަޅު ފުރިހަމައަށް އަދިވެސް ތަންފީޒެއް ނުކުރެ އެވެ.

ދުނިޔޭގެ މަޝްހޫރު ބާޒާރުތައް މިއަދު ހުޅުވިގެން އައިއިރު އެމެރިކާގައި މިހާރު ތެޔޮ ފީފާއެއް ލިބެން ހުރީ 99 ޑޮލަރަށެވެ. ނަމަވެސް އެވްރެޖުކޮށް ތެޔޮ ފީފާއެއްގެ އަގު ހުރީ 100 ޑޮލަރުގައި ހިފެހެއްޓިފަ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މިހާރު ތެލުގެ އަގު ވެއްޓިގެން ގޮސްފައިވަނީ ތެލުގެ މުއްސަނދި ގައުމެއް ކަމަށްވާ ޔޫއޭއީ އިން އިތުރު ތެޔޮ ބާޒާރަށް ނެރެން އެއްބަސްވުމާއި ޗައިނާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ވުއާންގައި އުފެދުނު ކޮވިޑުގެ އާ ރާޅުގެ ސަބަބުން އެ ސިޓީ އަނެއްކާ ބަންދު ކުރުމުންނެވެ.