ފިއުލް ސަޕްލައި މޯލްޑިވްސް

އެސްޓީއޯ އިން ތެލުގެ އަގު ބޮޑުކޮށްފި

Jul 15, 2021

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައި ވާތީ އެސްޓީއޯއިން ރާއްޖޭގައި ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ މި ފަހަރު ތެލުގެ އަގު ބޮޑު ކުރުމާއެކު އެ ކުންފުނިން ރާއްޖޭގެ އެކި ހިސާބުތަކަށް ތެޔޮ ފޯރުކޮށްދޭ ސަބްސިޑަރީ ކުންފުނި ފިއުލް ސަލްޕައި މޯލްޑިވްސް އިން ވެސް ތެލުގެ އަގަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އަގަށް ގެނައި މި ބަދަލާއެކު ޑީސަލް ލިޓަރަކުން 0.23 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 0.98 ލާރި ބޮޑުވާނެ އެވެ. މި ބަދަލާ އެކު ޑީސަލް ލިޓަރެއް މިހާރު ވިއްކާނީ 10.95 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ޓަރެއް ވިއްކާ އަގަކީ 10.72 ރުފިޔާ އެވެ.

އެސްޓީއޯ އިން ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު އެވެ.

ރާއްޖޭގައި ތެލުގެ އަގު ބޮޑު ކުރިއިރު ދުނިޔޭގައި ސާފު ނުކުރާ ތެޔޮ ފީފާއެއް ވިއްކަނީ 76 ޑޮލަރަށެވެ.