އެސްޓީއޯ

އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކޮށްފި

May 1, 2023

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެޔޮ މިއަދުން ފެށިގެން އަގު ހެޔޮކޮށްފި އެވެ.

ތެލުގެ އަގަށް ގެނައި ބަދަލާއެކު މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 15.70ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 15.14ރ. އަށެވެ.

ކުރިން ޑީސަލް ލީޓަރެއް ވިއްކީ 16.32ރ. އަށެވެ. މިފަހަރު އެސްޓީއޯ އިން ވަނީ ޑީސަލް ލީޓަރަކުން 0.62 ލާރި ހެޔޮކޮށްފަ އެވެ.

ޕެޓްރޯލް ލީޓަރެއް ކުރިން ވިއްކީ 15.97ރ. އަށެވެ. އަގަށް ގެނައި ބަދަލާއެކު ޕެޓްރޯލް ލީޓަރަކުން 0.83 ލާރި ވަނީ ހެޔޮވެފަ އެވެ.

އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މިދިޔަ ޖޫން މަހު އެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނެވެ. އެގޮތުން ފީފާއެއްގެ އަގު 120 ޑޮލަރަށް އެރި އެވެ.