އެމްއެސްއެސް

އެމްއެސްއެސްގެ ބޯޓުގައި ބޮޑެތި މުސާރަތަކެއް ލިބޭ ވަޒީފާތަކެއް

Oct 6, 2021

ބޮޑެތި މުސާރަތަކެއް ލިބޭ ގޮތަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓުގެ ވަޒީފާތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އެމްއެސްއެސް އިން މިހާރު ގެންގުޅޭ 400 ކޮންޓެއިނަރުގެ ބޯޓުގެ ވަޒީފާތަކަށް އެ ކުންފުނިން ބޭނުންވަނީ ދިވެހިންނެވެ.

އެމްއެސްއެސްގެ ބޯޓުގެ ވަޒީފާތަކަށް ހުޅުވާލި ފުރަތަމަ ފަހަރު އެ ކުންފުނިން ވަނީ 13 ވަޒީފާގެ ފުރުސަތު ހުޅުވާލާފަ އެވެ.

ވަޒީފާތަކަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 12:30 އަށެވެ.

އެމްއެސްއެސް އިން ހުޅުވާލި ވަޒީފާތައް:

  • މާސްޓާ ޗީފް 1: 115،650 ރުފިޔާ
  • އިންޖިނޭރު 1: މުސާރަ 107،940 ރުފިޔާ
  • ސެކަންޑް އިންޖިނިއަރު 1: މުސާރަ 92،520 ރުފިޔާ
  • ޗީފް އޮފިސަރު 1: މުސާރަ 92،520 ރުފިޔާ
  • ސެކަންޑް އޮފިސަރު 1: މުސާރަ 53،970 ރުފިޔާ
  • އިލެކްޓްރިޝަން 1: މުސާރަ 53،970 ރުފިޔާ
  • ތާޑް އިންޖިނިއާ 1: 53،970 ރުފިޔާ
  • ވެލްޑަރު 1: މުސާރަ 19،620 ރުފިޔާ
  • ބޯސަން 1: މުސާރަ 18،504 ރުފިޔާ
  • ޗީފް ކުކް 1: މުސާރަ 19،000 ރުފިޔާ
  • އޭބަލް ސީމަން 3: މުސާރަ 15،400 ރުފިޔާ
  • މެސް ބޯއި 1: މުސާރަ 13،560 ރުފިޔާ
  • އޮއިލާ 2: މުސާރަ، 15،400 ރުފިޔާ

މޯލްޑިވްސް ސްޓޭޓް ޝިޕިން އިން އެންމެ ފުރަތަމަ ބޭނުންކުރީ 700 ކޮންޓެއިނަރުގެ ބޯޓެކެވެ. އެކަމަކު ޗާޓާރުކޮށްގެން ދުއްވަމުން އައި އެ ބޯޓު މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފަ އެވެ.

އެމްއެސްއެސް އުފައްދާފައިވަނީ އެސްޓީއޯގެ 99 ޕަސެންޓް ހިއްސާ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްސެސްއެެމް)ގެ އެއް ޕަސެންޓް ހިއްސާއާއެކުގަ އެވެ.

ކޮންޓެއިނާ ގެންނަން އެ ކުންފުންޏަށް ގުޅުމުން ބޭރުގެ އެހެން އެޖެންޓުން ނަގާ ފީތައް ނުހިމަނައި ކޮންޓެއިނަރު ރާއްޖެއަށް ގެނެސްދޭނެ ކަމަށް އެމްއެސްއެސް އިން ބުނެ އެވެ.