ހަބަރު

މައި ކޮލެޖުގެ ސްކޮލާޝިޕަށް ހުޅުވާލައިފި

މައި ކޮލެޖުން އަންނަ މަހުގެ ކޯސްތަކަށާއި ހާއްސަ ސްކޮލާޝިޕް ތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މައި ކޮލެޖުން ބުނީ އަންނަ މަހު ފަށާ ކޯސްތަކުގައި ހިމެނޭ ސްކޮލާޝިޕް ތަކުން 25 އާއި 100 އާ ދެމެދުގެ އަދަދަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ސްކޮލާޝިޕަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާނީ ސެޓްފިކެޓް ލެވެލް ތިނެއްގެ ޕްރޮގްރާމާއި ސެޓްފިކެޓް ލެވެލް ހަތަރެއްގެ ޕްރޮގްރާމުގެ އިތުރުން ޑިޕްލޮމާ އާއި އެސޯސިއޭޓް ޑިގްރީ އާއި ބެޗްލާސް ޑިގްރީގެ އިތުރުން ޕޯސްޓްގްރެޖޭޓް ޑިގްރީ އަދި މާސްޓާސް ޑިގްރީ ފުރިހަމަކޮށްފައިވާ ދަރިވަރުންނަށެވެ.

މައި ކޮލެޖުން ސްކޮލާޝިޕް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  • މާލޭގައި ކިޔަވާ ދަރިވަރުންނަށް 100 ސްކޮލާޝިޕް
  • ހުޅުމާލެ ކެމްޕަހުގައި ކިޔަވާ ދަރިވަރުންނަށް 50 ސްކޮލަޝިޕް
  • އަތޮޅުތަކުގެ ހުންނަ މައި ކޮލެޖްގެ ކެމްޕަސްތަކުގައި ކިޔަވާ ދަރިވަރުންނަށް 150 ސްކޮލާޝިޕް

މައި ކޮލެޖުން ވަނީ ގައުމީ ޓީމުތަކަށް ކުޅޭ ކުދިންނަށް ހާއްސަކޮށް "ގައުމަށްޓަކާ ސްކޮލަޝިޕް" ގެ ނަމުގައިވެސް ސްކީމެއް ތައާރަފުކޮށްފަ އެވެ. މި ސްކީމުގެ ދަށުން ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިންނަށް 15 ސްކޮލާޝިޕްގެ ފުރުސަތު ލިބޭނެ އެވެ.

މައި ކޮލެޖަކީ ބޭރުގެ ގިނަ ޕްރޮގްރާމް ތަކެއް ހިންގާ ތަނެކެވެ. މި ކޮލެޖުން ދަނީ ދުނިޔޭގެ މަޝްހޫރު ކޮލެޖް/ ޔުނިވާސިޓީތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.