ހަބަރު

ފަނޑިޔާރުން ހޮވަނީ ހާމަކަން ބޮޑުކޮށް، އިންސާފުން: ޖޭއެސްސީ

Feb 17, 2020
3

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފަނޑިޔާރުން އައްޔަން ކުރަނީ ހާމަކަން ބޮޑު ގޮތެއްގައި ދެފުށް ފެންނަ ގޮތަށް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނީ މެޖިސްޓްރޭޓްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅެއްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ޖޭއެސްސީއިން ކަނޑައެޅުމުން ފާޑުކިޔައި ސޯޝަލް މީޑިއާގައި އޭނާ ކުރެއްވި ތުހުމަތުތަކާ ގުޅިގެންނެވެ.

އެ މައްސަލާގައި ވެސް ޖޭއެސްސީއިން އަމަލުކޮށްފައިވަނީ ފަނޑިޔާރުން އައްޔަން ކުރުމުގައި އަމަލު ކުރަން ޖެހޭ ހުރިހާ އުސޫލަކާ އެއްގޮތަށް ކަމަށް ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.

ޖޭއެސްސީއިން ބުނީ ޖޭއެސްސީއިން ފަނޑިޔާރުން އައްޔަންކުރުމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން
ކޮމިޝަނުން ކަނޑައަޅާ އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.