ހަބަރު

ހުޅުމާލެ މެޖިސްޓްރޭޓް އަމްޖަދުގެ މައްސަލައެއް ބަލަނީ

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަމްޖަދު އަބްދުލްގަނީގެ ސުލޫކީ މައްސަލައެއް ބަަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލްވުމުގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަމްޖަދު އަބްދުލްގަނީގެ ސުލޫކީ މައްސަލައެއް ބަަލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ޖޭއެސްސީން ބަލަނީ އަމްޖަދުގެ ކޮން މައްސަލައެއް ކަމެއް ނުބުނެއެވެ.

މިފަހުން ޖޭއެސްސީއައި ބޮޑު ބަދަލާއެކު މެޖިސްޓްރޭޓުންނާއި، އެތައް ފަނޑިޔާރުންނެއްގެ މައްސަލަ އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ. އަދި އެތައް ފަނޑިޔާރުންނެއްގެ މައްސަލަ ބަލާ މަޖިލީސް މެދުވެރިކޮށް ފަނޑިޔާރުކަމުން ވަނީ ދުރުކޮށްފައެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނާއި، ކްރިމިނަލް ކޯޓްގެ ފަނޑިޔާރުން ހިމެނެއެވެ.