ދުނިޔެ

ޒަމާންތަކަކަށްފަހު ލަންކާގެ ޕާލިމަންޓުގައި ތަމަޅަޔަކު އިދިކޮޅު ލީޑަރަކަށް

Sep 4, 2015

ކޮލޮމްބޯ (އޭޕީ) : ލަންކާގެ ޕާލިމަންޓްގައި ތިރީސް އަށް އަހަރުތެރޭގައި ފުރަތަމަ ފަހަރަށް ތަމަޅަޔަކު އިދިކޮޅު ލީޑަރު ގެ ގޮތުގައި އިއްޔެ ބަލައިގެންފިއެވެ. ސިންގަޅައިންގެ މެޖޯރިޓީ އޮންނަ ލަންކާގައި ތަމަޅަ ޓައިގަރުންނާއެކު ކުރި ދިގު ހަނގުރާމައަށްފަހު ދެ ނަސްލުގެ ގުޅުން ރަނގަޅު ވުމަށް މިކަމުން ބާރު ލިބޭނެ ކަމަށް ބެލެވެއެވެ.

ޓެމިލް ނެޝަނަލް ޕާޓީ އަކީ ލަންކާ ޕާލިމެންޓުގައި ތިންވަނައަށް އެންމެ ބޮޑު ޕާޓީއެވެ. ކުރިން މި ޕާޓީ އަކީ ތަމަޅަ ޓައިގަރުންގެ ތާއީދު އޮންނަ ޕާޓީއެވެ. ޓިގަރުން ބަލިވުމައްފަހު، ޕާޓީން ވަކި ދައުލަތެއްގެ ފިކުރު ދޫކޮށް ލާމަރުކަޒީ އުސޫލަކުން ސަރަހައްދުތައް ހިންގާ ވިސްނުމަކަށް ވަނީ ދީލާލާފައެވެ.