ހަބަރު

ޓެރަރިޒަމްގެ ތުހުމަތަށް ނައިފަރުގެ ތިން ގެއެއް ބަލާ ފާސްކޮށްފި

ޓެރަރިޒަމްގެ މައްސަލައަކާ ގުޅިގެން ޅ. ނައިފަރުގެ ތިން ގެއެއް ބަލާފާސްކޮށް އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މިމަހުގެ 21 ވަނަ ދުވަހު 17:15 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ޓެރަރިޒަމްގެ މައްސަލައަކާއި ގުޅިގެން ނައިފަރުގެ ތިން މީހެއްގެ ގެ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ތިން މީހުންގެ ގެއިން ފޯނާއި ބައެއް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މިމައްސަލައާއު ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާއިރު މިމައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.